ޚަބަރު

އައްޑޫ، ފުވައްމުލަކު ފިހާތަކުން ވެމްކޯގެ ބިލަށް ފައިސާދެއްކޭނެ


ފިހާރަތައް މެދުމެރިކޮށް ވެމްކޯގެ ބިލަށް ފައިސާ ދެއްކޭނެ އިންތިޒާމު އައްޑޫސިޓީއާއި، ފުވައްމުލަކު ސިޓީގައި ހަމަޖައްސައި އެ ޚިދުމަތް ދޭންފަށައިފިއެވެ. 

އައްޑޫ ސިޓީން އެ ޚިދުމަތްލިބޭނީ ހުޅުދޫގެ ފިނި މޮބައިލްސްއާއި، މީދޫގެ ހައި އެނަރޖީ ޕްރައިވެޓް ލިމިޓެޑާއި، މަރަދޫ އެވަރ މޯލްޑިވްސް ބިލްޕޭ ފިހާރަ މެދުވެރިކޮށްކަމަށް ވެމްކޯއިން ބުނެއެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީގައި މި ޚިދުމަތް ލިބޭނީ އައި.ޓެކް މޯލްޑިވްސް ފިހާރަ މެދުވެރިކޮށެވެ. މި ފިހާރަތައް ހުންނަ މަގާއި ލޮކޭޝަން ވެމްކޯގެ ވެބްސައިޓާއި، ފޭސްބުކް ޕޭޖާއި ޓުވިޓަރ މެދުވެރިކޮށް އެނގެން ހުންނާނެކަމަށް ވެމްކޯއިން ބުނެއެވެ. ވެމްކޯއިން ބުނެފައިވަނީ މި ދެ ސިޓީގައި މި ޚިދުމަތް ފެށުމަށް ބޭނުންވާ ޓްރެއިނިންގތައް ބިލްދައްކާ ތަންތަނުގެ މުވައްޒަފުންނަށް ދީފައިވާކަމަށެވެ.

ވޭމްކޯއިން މީގެކުރިންވަނީ މާލޭގެ ބައެއް ފިހާރަތަކުންވެސް ވެމްކޯގެ ބިލަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އެގޮތުން އެކި ސަރަޙައްދުތަކުން ފަސް ފިހާރައެއްގައިވަނީ ބިލް ދެއްކޭނެގޮތް ހަމަޖައްސާފައެވެ.

ފިހާރަތައް މެދުވެރިކޮށް ބިލަށް ފައިސާ ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ކިއުގައި މަޑުކުރަންނުޖެހި، ލުއިފަސޭހަކަމާއިއެކު ބިލަށް ފައިސާދެއްކޭނި ނިޒާމެއް ޤާއިމުކުރުމަށެވެ.