ވިޔަފާރި

ބީއެމްއެލްއިން ބޭންކް ގެރެންޓީގެ ހިދުމަތް ދުވަހުން ދުވަހަށް ދޫކުރަނީ








 


ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ދޫކުރާ "ބޭންކް ގެރެންޓީގެ ހިދުމަތް" ދުވަހުން ދުވަހަށް ލިބޭނެ އިންތިޒާމް އެބޭންކްގެ ހުރިހާ ގޮފިތަކަކުން މިހާރު ހަމަޖައްސާފައިވާ ކަމަށް ބޭންކުން ބުނެފިއެވެ.


ބީ އެމް އެލްއިން ބުނީ، މެންދުރު ބާރައިގެ ކުރިން ގެރެންޓީ ހޯދުމަށް ހުށަހަޅައިފިނަމަ ރަސްމީ ގަޑި ނިމުމުގެ ކުރިން ގެރެންޓީ ދުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށާއި، މީގެ ކުރިން ގެރެންޓީ ދިނުމަށް އެވްރެޖްކޮށް ދެ ދުވަސް ނުވަތަ ތިން ދުވަސް ނަގާ ކަމަށެވެ.


 
ބީއެމްއެލްއިން ބުނީ ދުވަހުން ދުވަހަށްދުކުރާ ގެރެންޓީއަކީ 100 ޕަސެންޓް ކޭޝް މާޖިން ގެރެންޓީތަކަކަށް ވާންޖެހޭ ކަމަށާއި، މިގޮތުން ބީއެމްއެލް ލައިޓް ފިޔަވާ އެބޭންކްގެ ހުރިހާ ގޮފިތަކަކުން މި ހިދުމަތް މިހާރު ލިބެން ހުންނާނެ ކަމަށެވެ. އަދި
ބޭންކް ގެރެންޓީއެއް ހައްދައިދެނީ 70 ޑޮލަރު ނުވަތަ 700 ރުފިޔާގެ ފީއެއް ނަގައިގެން ކަމަށްވެސް ބީ އެމް އެލް އިން މައުލޫމާތުދެއެވެ.


 
މި އުސޫލުތަކުގެ ދަށުން ބެންކް ގެރެންޓީއަށް އެދި ހުށައަޅާ ފަރާތްތަކަށް އެއްދުވަސް ތެރޭ ބޭންކް ގެރެންޓީ ފޯރުކޮށް ނުދެވިއްޖެނަމަ  އެކަސްޓަމަރެއްގެ އަތުން  ފީނުނަގާނެ ކަމަށް ބޭންކުން މައުލޫމާތުދެއެވެ.


 
މިކަމާއި ގުޅިގެން ބީ އެމް އެލް އިން ނެރުނު ބަޔާނެއްގައި އެ ބޭންކްގެ މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ ބޭންކް ގެރެންޓީ ދިނުން އަވަސް ކުރީ ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށާއި، އަދި ބޭންކުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުން އެދޭ ގޮތަށް ހިދުމަތްތައް ދިނުމަށް ކަމަށެވެ.