ޚަބަރު

މިއަހަރުގެތެރޭގައި 1000 ފޮޓޯގްރާފަރުން ތަމްރީނުކޮށް ނިންމާލެވޭނެ


1000 ޕޮޓޯގްރާފަރުން ތަމްރީންކުރުމަށް "ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގ އޮތޯރިޓީ"ން   ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން، މިއަހަރުގެ ތެރޭގައި 1000 ފޮޓޯގްރާފަރުން ތަމްރީނުކޮށް ނިންމާލެވޭނެކަމަށް އެއޮތޯރިޓީން ބުނެފިއެވެ.

ޓިވެޓް އޮތޯރިޓީގެ ޑިރެކްޓަރ އާމިނަތު އާސްރާ ވިދާޅުވީ ފޮޓޯގްރާފަރުން ތަމްރީންކުރުމުގެ ކޯހުގައި މިހާރުކުރިޔަށްދަނީ އެންމެ ފަހު ބެޗުކަމަށާއި، މިހާރުވެސް ތިންސަތޭކަ ދަރިވަރުން މި ޕްރޮގްރާމުގެތެރެއިން ތަމްރީނުކުރަމުންދާކަމަށެވެ. 

"ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގ އޮތޯރިޓީ"ގެ މިޕްރޮގްރާމުގެ ދަށުން ހިންގި ބެޗުތަކުގައި ހަތްސަތޭކައާއި ގާތްކުރާ ޢަދަދައް ކުދިން ކުދިން ތަމްރީނުކޮށްފައިވާކަމަށް އާސްރާ ވިދާޅުވިއެވެ.

އާސްރާ ވިދާޅުވީ މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް ފޮޓޯނެގުމަށްބޭނުންވާ ކެމެރާ ފޯރުކޮށްދޭތީ ޕްރޮގްރާމަށް ކުރިމަތިލާ ކުދިންގެ ޢަދަދު އިތުރުވާކަމަށެވެ. ކެމެރާއާއިއެކު ތަމްރީން ލިބުމަކީ އެދަރިވަރުން ކިޔަވައިގެން ނުކުތުމާއިއެކު އަމިއްލަ ވިޔަފާރިއެއް ފެށުމަށް ވަރަށް ބޮޑަށް މަގުފަހިވާކަމެއްގެ ގޮތުގައި ޢާސްރާ ފާހަގަކުރެއްވިއެވެ. އާސްރާ ވިދާޅުވީ ފޮޓޯނެގުމަކީ އިތުރު ވަޒީފާއަކަށް ނުގޮސް  ގޭގައި ގޭގައިވަގުތު ހޭދަކުރެވޭ މަސައްކަތެއްކަމުން، ފިރިހެން ކުދިންގެ އިތުރުން އަންހެން ކުދިންގެ ތަރުޙީބުވެސް މި ޕްރޮގްރާމަށް ލިބެމުންދާކަމަށެވެ. 

1000 ޕްޓޯގްރާފަރުން ތަމްރީންކުރުމަށް ޓިވެޓު އޮތޯރިޓީން ކުރިޔަށްގެންދާ ޕްރޮގްރާމްގެދަށުން ވޭތުވެދިޔަ ހަތަރު އަހަރު ހަތަރުސަތޭކަ ސާޅީހަށްވުރެ ގިނަ ފިރިހެން ދަރިވަރުންނާއި، ދުއިސައްތައަށްވުރެ ގިނަ އަންހެން ދަރިވަރުންވަނީ ތަމްރީންކޮށްފައިވެއެވެ.

"ޓިވެޓް އޮތޯރިޓީގެ ޑިރެކްޓަ އާމިނަތު އާސްރާ. "މި ޕްރޮގްރާމްގެ ސަބަބުން ވަޒީފާއާއި އާމްދަނީ ކަށަވަރުވެގެންދޭ. އެގޮތުން ކެމެރާއާއިއެކު ތަމްރީން ދިނުމުން އެއޮތީ ބިޒްނެސްއެއް ފެށިފައި. މި ކޯހަށް ވަރަށް ގިނަ ކުދިން ކުރިމަތިލާ. މިއީ ތަނަކަށް ނުގޮސް ގޭގައި އަމިއްލައަށް ކުރެވޭނެ ރަނގަޅު މަސައްކަތެއް." ޓިވެޓް އޮތޯރިޓީގެ ޑިރެކްޓަރ އާމިނަތު އާސްރާ ވިދާޅުވިއެވެ.

ޕްޓޯގްރާފަރުން ތަމްރީންކުރުމުގެ ޕްރޮގްރާމް ޒުވާނުންނަށް ޢަމާޒުކޮށްގެން ކުރިއަށް ގެންދިޔަނަމަވެސް، މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ އުމުރުފުރއަކަށްވެސްވަނީ ޢާންމުކޮށް ހުޅުވާލާފައެވެ. ޓިވެޓުންބުނީ 1000 ޕްޓޯގްރާފަރުން ތަމްރީންކުރުމަށް މިހާރު ޢަމާޒުހިފާފައިވީނަމަވެސް، ފޮޓޯގްރާފަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތަކެއް ޓިވެޓުން ކުރިޔަށްގެންދަން ވަނީ ނިންމާފައެވެ.