ޚަބަރު

ރެޑްވޭވްގެ ފަރުނީޗަރ ފިހާރަ ހުޅުވައިފި


ފަރުނީޗަރަށް ޚާއްސަ ކޮށްގެން ރެޑްވޭވްއިން މާލޭގައި އައު ފިހާރައެއް ހުޅުވައިފިއެވެ. ''ރެޑްވޭވް ލިވިންގ'' ގެ ނަމުގައި ހުޅުވި މިފިހާރަ ހުޅުއްވައި ދެއްވީ ރެޑްވޭވްގެ ޖެނެރަލް މެނޭޖަރ އިބްރާޙީމް ޝުޖާޢެވެ.

މިއީ ރެޑްވޭވްއިން ހުޅުވި 10 ވަނަ ފިހާރައެވެ. މަޖީދީމަގު ޝާޕް ގޮޅިތެރޭގައި ހުޅުވި މިފިހާރައިން، ސޯފާ ސެޓާއި ބެޑްރޫމް ސެޓާ ގޮނޑި ސެޓާއި ކަބަޑް ފަދަ ތަފާތު ވައްތަރުގެ ފަރުނީޗަރ ލިބެން ހުރެއެވެ. ރެޑްވޭވްގެ ޖެނެރަލް މެނޭޖަރ އިބްރާހީމް ޝުޖާޢު ވިދާޅުވީ، ރެޑްވޭ ލިވިނގްއިން ރައްޔިތުންނަށް ހެޔޮ އަގެއްގައި ގޭތެރެއަށް ބޭނުންވާ ފަރުނީޗަރު ލިބެން ހުންނާނެ ކަމަށާއި، ކްރެޑިޓް ސްކީމަށްވެސް މުދާ ގަނަވޭނެ އިންތިޒާމު ހަމަޖައްސާވައިވާ ކަމަށެވެ.

''ކްރެޑިޓް ސްކީމަށް ގަނެވޭނެ. އިސްލާމިކް ބޭންކާއި އެމްއެފްއެލްސީ މެދުވެރިކޮށް ގަނެވޭނެ. ރެޑްވޭވް އިން ސާބިތުކޮށްދޭން ބޭނުންވަނީ އަގުހެޔޮކޮށް ރައްޔިތުންނަށް ފަރުނީޗަރު ލިބެން ހުންނާނެ ކަން'' އިބްރާހިމް ޝުޖާޢު ވިދާޅުވިއެވެ.



ޝުޖާއު ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި ހުޅުވާ އެންމެ ބޮޑު ސުޕަމާރކެޓް، ރެޑްވޭވް މެގަ މޯލް ހުޅުމާލޭ ޔޫތް ސިޓީގައި ހުޅުވުމަށް އެކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށެވެ. ހަތަރު ބުރިއަށް އިމާރާތްކުރާ މެގަ މޯލް އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި މިއަހަރުގެ ރަމަޞާން މަހާ ދިމާކޮށް ފިހަރާ ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ރެޑްވޭވް މެގަ މޯލް ހުޅުވުމުން އެއްފުރާޅެއްގެ ދަށުން ބަދިގޭގެ ސާމާނާއި އިލެކްޓްރޯނިކްސްއާއި ފަރުނީޗަރާއި ތަފާތު ގިނަ ސާމާނު އެއް ތަނަކުން ލިބެން ހުންނާނެ ކަމަށް ރޭޑްވޭވް އިން ބުނެއެވެ.