ދުނިޔެ

ކުރުދީންނާ ދެކޮޅަށް ތުރުކީވިލާތުން އިފްރީންގައި ހިންގާ އޮޕަރޭޝަން


ސޫރިޔާގެ އުތުރުގައި ހަރަކާތްތެރިވަމުންދާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީވިލާތުގެ އަސްކަރިއްޔާއިން ހިންގަމުންދާ އޮޕަރޭޝަނުގައި ސޫރިޔާގެ އަސްކަރިއްޔާއިން ކުރުދީންނާ އެއް ސަފަކަށް އަރައިފިނަމަ، ސޫރިޔާގެ އަސްކަރިއްޔާއަށްވެސް ތުރުކީ ވިލާތުގެ ހަމަލާތައް އަމާޒުވާނެކަމުގެ އިންޒާރު ތުރުކީވިލާތުން ދީފިއެވެ.

ތުރުކީވިލާތުން މިފަދަ އިންޒާރެއް ދީފައި މިވަނީ، ސޫރިޔާގެ އިފްރިން ސަރަހައްދު ތުރުކީ އަސްކަރިއްޔާގެ ކިބައިން ހިމާޔަތް ކުރުމަށްޓަކައި، ސޫރިޔާގެ ފައުޖުތައް އެސަރަހައްދަށް ގޮސް ކުރުދީ ހަނގުރާމަވެރިންނާ ގުޅުމަށް އެއްބަސްވެފައިވާކަމަށް ކުރުދީން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެހެންނަމަވެސް ސޫރިޔާގެ ސަރުކާރުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މިކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލުތް ޗޮވުޝޮގްލޫ ވިދާޅުވީ، ސޫރިޔާގެ އިފްރިން ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކުރުދީ ހަނގުރާމަވެރި ޖަމާޢަތް ވައި.ޕީ.ޖީ. ހިމާޔަތްކުރުމަށް ސޫރިޔާގެ އަސްކަރިއްޔާއިން އެ ސަރަހައްދަށް ވަދެއްޖެނަމަ، އެ ފަރާތްތަކާ ދެކޮޅަށް ހަމަލާތައް ދިނުން ނޫން ގޮތެއް ތުރުކީގެ އަސްކަރިއްޔާއަށް ނޯންނާނެކަމަށެވެ.

ސޫރިޔާގެ އިފްރިން ސަރަހައްދުން އެ ޤައުމުގެ ސިފައިން ފައިބާފައިވަނީ 2012 ވަނަ އަހަރުގައެވެ