ވިޔަފާރި

ތަފާތު ރަހަތަކާއެކު "ކިޗަން"


ރަނގަޅު ފެންވަރަކަށް ކާބޯތަކެތީގެ ޚިދުމަތްދިނުމަށް އަމާޒުކޮށްގެން މާލޭގައި ހުޅުވަން ތައްޔާރުވަމުންދާ ކިޗަން ރެސްޓޯރެންޓްގައި ތައްޔާރުކުރާ ކާތަތަކެތީގެ ރަހަ ދައްކާލުމަށް ޚާއްސަ ޙަރަކާތެއް ކުރިއަށްގެންގޮސްފިއެވެ. 

މި ރަސްޓޯރެންޓްގެ ރަހަތައް ދައްކާލަފައިވާއިރު މިމަހުގެ 24 ވަނަ ދުވަހު މިތަން ޢާއްމުންނަށް ޚިދުމަތް ދޭން ހުޅުވާނެކަމަށް ކިޗަން ރެސްޓޮރެންޓްއިން ބުނެއެވެ. އަދި ފުލް މެނޫއާއެކު މި ރެސޯޓޯރެންޓްގެ ޚިދުމަތް އަންނަ މާރޗްމަހު ދޭން ފަށާނެކަމަށް ކިޗަން ރެސްޓޯރެންޓުންބުނެއެވެ. މިތަނުގެ ކެއުންތަކުގެ ތެރޭގައި އޭޝިއަން، ޖަޕަނީސް އަދި ވެސްޓާރން ފުޑް ލިބެން ހުންނާނެކަމަށްއެ ރެސްޓޯރެންޓްއިން ބުނެއެވެ. 

ކިޗަން ރެސްޓޯރެންޓްއަކީ ހުރިހާ ވައްތަރެއްގެ އޮކޭޝަންއަކަށްވެސް ކޭޓަރ ކޯށްދޭނެ ފެންވަރު ރަނގަޅު ރެސްޓޯރެންޓެއް ކަމަށާ، އެ ރެސްޓޯރެންޓްއިން އެންމެ އާދައިގެ ފަންކްޝަނުން ބިޒްނަސް އާއި ކައިވެނީގެ ޙަފްލާތަކަށްވެސް ކޭޓަރ ކޯށްދޭނެ ކަމަށް ކިޗަން ރެސްޓޯރެންޓްގެ ޖެނެރަލް މެނޭޖަރ ހަސަން ޝިޔާޒް ވިދާޅުވިއެވެ. އަދި އެ ރެސްޓޯރެންޓަކީ އަގުހެޔޮކޮށް ކޭޓަރ ކޮށްދޭނެ ތަނެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

"ކިޗަންގެ ފަރާތުން ޕްރޮވައިޑްކޮށްދޭން ބޭނުންވަނީ ވަން ރޫފް ،ފުލް ޑައިނިން އެކްސްޕީރިއަންސެއް ކަސްޓަމަރުންނަށް ދިނުން. އަޅުގަނޑުމެންގެ އަމިއްލަ ބްރެޑް އެއް އުފައްދަން .ސްޕައިސީ ބްރެޑްއަކީ އަޅުގަނޑުމެންގެ ޚާއްސަ އެއްޗެއް." ހަސަން ޝިޔާޒް ވިދާޅުވިއެވެ.

މި ރެސްޓީރެންޓްގެ އަމިއްލަ ސްޕައިސީ ބްރެޑްއެއް ތައްޔާރުކުރާއިރު އެއަށް އާއްމުންގެ ތަރުޙީބު މިހާރުވެސް ލިބެމުންދާކަމަށް މިތަނުން ބުނެއެވެ. 

އެއްފަހަރާ ނުވަދިހަޔާއި ސަތޭކައާ ދެމެދުގެ ޢަދަދަކަށް މީހުންނަށް ޚިދުމަތް ދެވޭގޮތައް މިތަން ތައްޔާރުކޮށްފައި ހުރި އިރު ރާއްޖޭގައި ހުރި ބައެއް އެހެން ރެސްޓޯރެންޓްތަކާ ޚިލާފަތް މި ތަނުން ތަފާތު ޚިދުމަތް ތަކެއް ލިބިގެންދާނެކަމަށް ކިޗަން ރެސްޓޯރެންޓްއިން ބުނެއެވެ.