ޚަބަރު

އޯޓިޒަމް ކުދިންނަށް ކިޔަވައިދޭނެ ހާއްސަ ސްކޫލެއް އެޅުމަށް ބޭރުގެ އެހީ ހޯދަނ





 


އޯޓިޒަމް ހުންނަ ކުދިންނަށް ކިޔަވައިދޭނެ ހާއްސަ ސްކޫލެއް ރާއްޖޭގައި އެޅުމަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އޯޓިޒަމް އެސޯސިއޭޝަންގެ ފައުންޑަރ އަދި ޗެއާޕާސަން އިލްހާމް ހުސައިން ވިދާޅުވެއްޖެއެވެ.


 
 


އޯޓިޒަމް އެސޯސިއޭޝަނުން ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ފަންޑް ރައިޒިން ޑިނަރއަށް ފަހު، އެމްބީސީ ނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިލްހާމް ވިދާޅުވީ އޯޓިޒަމް ހުންނަ ކުދިންނަށް ހާއްސަކޮށް ވޮކޭޝަނަލް ޓްރެއިނިންތައްވެސް ހިންގޭނެހެން ސްކޫލެއް އެޅުމަށް އެހީތެރިކަން ހޯދުމަށް ބޭރުގެ އެކިފަރާތްތަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށެވެ. އަދި އުންމީދަކީ މިހާރަށް ވުރެ ރަނގަޅު ތައުލީމަކާއި ތަމްރީނެއް އޯޓިސްޓިކް ކުދިންނަށް ލިބޭނެ ގޮތްތަކެއް ތަނަވަސް ކޮއްދިނުންކަމަށެވެ. އޯޓިޒަމް އެސޯސިއޭޝަނުން ބޭއްވި ޑިނަރ ނައިޓަކީވެސް އެއެސޯސިއޭޝަންގެ ހަރަކާތްތަކަށް ހަރަދުކުރުމަށް ފަންޑު ހޯދުމުގެ ގޮތުން ބޭއްވި ޑިނަރ ނައިޓެކެވެ.


 


މިޑިނަރ ނައިޓަށް އެއެސޯސިއޭޝަނުން ވަނީ 200 ރުފިޔާ އާއި 500 ރުފިޔާގެ ޓިކެޓް ވިއްކާފައެވެ. އަދި އެސޯސިއޭޝަނަށް އެހީވުމަށް ބޭނުންވާ ފަރާތް ތަކަށް ފަންޑްފޮއްޓެއް ވަނީ އިފްތިތާހް ކޮއްފައެވެ.