ޚަބަރު

މެމްބަރުންގެ ގޮނޑިއާމެދު ނެރުނު އަމުރަށް އަމަލުކުރުން ފަސްކޮށްފި


12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަށް އަމަލުކުރަން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުނު ވަގުތީ އަމުރުގައި ވަނީ ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހުގެރޭ ނެރުނު އަމުރުގައިވާ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުމާ ގުޅޭގޮތުންނާއި މަޖިލީހުގެ ޖަލްސާތައް ބޭއްވުމާ ގުޅޭގޮތުން ހިމަނާފައިވާ ބަޔަށް އަމަލުކުރުން ފަސްކުރުމަށް، މަޖިލީހާއި އިލެކްޝަންސް ކޮމިޝަނާއި ކަމާބެހޭ ހުރިހާ މުޢައްސަސާތަކަށް އަމުރުކުރާކަމަށެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުއްވި ވަގުތީ އަމުރުގައިވާ ގޮތުން އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ 12 މެމްބަރުންނަށް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޚާއްސަ ޖަލްސާގައި ބައިވެރިއެއްނުވެވޭނެއެވެ.