ޚަބަރު

ކުރީގެ ކުޅިވަރު ތަރި ސައްޔިދު ޙަސަން ނިޔާވެއްޖެ


ދިވެހި ކުޅިވަރަށް ގިނަދުވަހު ޚިދުމަތްކޮށްދި ބޭފުޅެއްކަމަށްވާ ކުޅިވަރުގެ މަޝްހޫރު ޝަޚުސިއްޔަތެއްކަމަށްވާ ސައްޔިދު ޙަސަން ނިޔާވެއްޖެއެވެ. 

ސައްޔިދު ޙަސަނަކީ 1970 އާއި 1980 ގެ ކުރީކޮޅޫ ކުޅިވަރުގެ އެތައް މުބާރާތަކުން ޤައުމީ ޗެމްޕިއަންކަން ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ. އޭނާ ކުޅެފައިވާ ކުޅިވަރުތަކުގެ ތެރޭހައި ޓެނިހާއި، ޓޭބަލް ޓެނިސް، ހޮކީ ، ފުޓްބޯޅަ، ވޮލީ ބޯޅަ، ބައިކަލްރޭސް ، ބެޑްމިންޓަންފަދަ ކުޅިވަރުތައް ފާހަގަކޮށްލެވެއެވެ. އެޒަމާނަކީ ވަކި ކުޅިވަރަކަށް ޚާއްސަވެގެން ކުޅުންތެރިން ކުޅެއުޅުނު ޒަމާނަކަށްނުވާތީ އޭރުގެ މޮޅެތި ކުޅިވަރު ކުޅުންތެރިން ގިނަކުޅިވަރުތައް ކުޅޭކަން ފާހަގަކުރެވެއެވެ. އެގޮތުން ސައްޔިދު ޙަސަނަކީ އެދުވަސްވަރުގެ މަޝްހޫރު ކުޅިވަރުގެ ތަރިއެކެވެ. އޭނާގެ އެންމެ ޚާއްސަ ކުޅިވަރުތަކުގެ ތެރޭގައި ވޮލީބޯޅައާއި ބައިސްކަލް ރޭސް ފާހަގަކޮށްލެވެއެވެ. 

ސައްޔިދު ޙަސަނަކީ މަޝްހޫރު ވޮލީ ކޯޗު ސައްޔިދު ޢާލީގެ ބޭބެއެވެ.