ޚަބަރު

އަލިފާން ރޯވި ދޯނި އަޑިއަށް ހިނގައްޖެ


ކުނި ހިފައިގެން ތިލަފުއްޓަށް ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި ދޯނި އަޑިއަށް ހިނގައްޖެއެވެ.

މިހާދިސާގައި އަލިފާން ރޯވެ އަނދާފައިވަނީ ވަނީ ރ.އަތޮޅު ރީތި ފަރު ރިސޯޓުން ކުނި ހިފައިގެން ތިލަފުއްޓަށް ދަތުރުކުރި އެމް 2 ނަމަކަށް ކިޔާ 85 ފޫޓްގެ ދޯންޏެއްގައެވެ. މިޙާދިސާ ހިނގިއިރު، އެދޯނީގައި ތިބީ ދެދިވެހިންނާއި ބިދޭސީއެކެވެ. މިޙާދިސާގައި މިއިން އެވެސް މީހަކަށް ކަމެއްނުވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނީ މި 4 މީހުން ސަލާމަތްވީ މިހާދިސާ ހިނގުމާއެކު މޫދަށް ފުންމާލައިގެން ގޮސް އެސަރަހައްދުން ދަތުރުކުރި ދޯންޏަކަށް އަރައިގެންކަމަށެވެ.

މިއަދު މެންދުރު 14:05 ހާއިރު ހިނގި މި ހާދިސާގައި ދޯނި ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.