ޚަބަރު

ބީއެމްއެލްގެ "ކޭޝްލެސް ރައިޑް" ހުޅުމާލެއަށް


ބޭންކް އޮފް މޯލްޑިވްސްގެ ކާޑް ބޭނުންކޮށްގެން ޓެކްސީތަކަށް ފައިސާ ދައްކާ "ކޭޝްލެސް ރައިޑް" ޚިދުމަތް ހުޅުމާލެއަށް ތަޢާރަފްކޮށްފިއެވެ.

މިދިޔަ އަހަރުގެ ފެބްރުވަރީ މަހު ތައާރަފްކުރި މި ޚިދުމަތަކީ ޓެކްސީތަކުގައި ބަހައްޓާފައި ހުންނަ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެޝިނެއް މެދުވެރިކޮށް ދަތުރަށް ފައިސާ ދެއްކޭ ޚިދުމަތެކެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް ބީއެމްއެލްގެ ކޮންޓެކްޓް ލެސް ޕޭމަންޓް ކަމަށްވާ މޮބައިލް ޕޭ ބޭނުންކޮށްގެންވެސް ޓެކްސީއަށް ފައިސާ ދެއްކޭނެއެވެ. މި ޚިދުމަތުގެ ސަބަބުން ޓެކްސީ ދަތުރުތަކަށްފަހު ފައިސާ ދެއްކުމާއި، ބާކީ ލާރި ލިބެންދެން މަޑުކުރަންނުޖެހި ފަސޭހަކަމާއިއެކު ދަތުރު ނިންމާލުމުގެ މަގު ފަހިވެގެންދެއެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދް ވިދާޅުވީ "ކޭޝްލެސް ރައިޑް" ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް ބީއެމްއެލުން ޤަބޫލުކުރާ ކޮންމެ ޑެބިޓް ނުވަތަ ކުރެޑިޓް ކާޑެއް ބޭނުންކޮށްގެންވެސް ޓެކްސީތަކަށް ފައިސާ ދެއްކޭނެކަމަށެވެ.

"ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދް " މިދިޔައަހަރު މާލޭގައި މި ޚިދުމަތް ފަށާފައިވާއިރު މި ޚިދުމަތަށް ބޮޑު ތަރުޙީބެއް ލިބިފައިވޭ. މާލޭގައި 100އަށްވުރެ ގިނަ ޓެކްސީއިން މި ޚިދުމަތް ލިބޭއިރު، ހުޅުމާލޭގައި މި ޚިދުމަތްމިފެށީ ދެ ޓެކްސިއާއިއެކު. ޓެކްސީ ޑްރައިވަރުން މި ޚިދުމަތް ދެނުމަތް އެދެމުންދާވަރަކަށް (ޕީއޯއެސް) މެޝިންތައް ކާރުގައި ބަހައްޓައި އިތުރުކުރަމުންދާނަން." މުޙައްމަދު ސަޢީދް ވިދާޅުވިއެވެ.

ހުޅުމާލެއަށް މިފަދަ ޚިދުމަތެއް ތަޢާރަފްކުރީ އެ ސިޓީގައި އިތުރުވަމުން އަންނަ އާބާދީއަށް ބަލައި ފަސޭހަ އަވަސް ޚިދުމަތެއް ދިނުމަށްކަމަށް ބީއެމްއެލްއިން ބުނެއެވެ.