ވިޔަފާރި

ްދަތުރުފަތުރު ކުރުމުގެ ސިނާއަތް ކުރިއެރުވުމަށް ޤާނޫނުތަކަށް އިސްލާޙްގެނައުނ





 


ރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަމާއި ގުޅުން ހުރި ޤާނޫނާއި ޤަވާއިދުތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.


 
ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވި މޯލްޑިވްސް ބޯޓިންގ އެވޯޑުދިނުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ދަތުރުފަތުރު ކުރުމުގެ ސިނާއަތް ކުރިއެރުވުމަށް މިހާރު ހުރި ޤާނޫނުތަކަށް އިސްލާޙްގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ފަހަކަށް އައިސް ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި ބޭނުންކުރާ އުޅަނދުތައް ފެންވަރުދަށްވުމުގެ ސަބަބުން ހިތާމަވެރި ހާދިޘާތައް މަދުން ނަމަވެސް ހިނގާފައި ވާއިރު، މިކަމަށް ހައްލެއް ގެނައުމަށް ބޯޓް ބިލްޑިން ކޯޑެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.


 
 
 


ރާއްޖޭގެ ދަތުރުފަތުރުގެ ސިނާއަތަކީ، މީގެ އެތައް ޤަރުނެއް ކުރިން ފެށިގެން ކުރިއަރަމުން ފުޅާވަމުން އަންނަ ސިނާއަތެއް ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތްވެސް ޝާމިލުވާގޮތަށް ދެވޭ އެވޯޑަކަށް ބޯޓިން އެވޯޑް ބަދަލުވެގެން ދިޔުމަށް އުންމީދުކުރާ ކަމަށެވެ.