ޚަބަރު

ޢުމްރާއަށް ދިޔުމަށް ފައިސާދައްކާއިރު ސަމާލުވާން އިލްތިމާސްކޮށްފި


ޢުމްރާއަށް ދިޔުމަށް ކުންފުނިތަކަށް ފައިސާ ދައްކާއިރު، އެ ކުންފުންޏަކީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުންޏެއްތޯ ބައްލައި، ކަށަވަރުކުރުމަށް އެ މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. 

މިކަމާގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިނިސްޓްރީން ހުއްދަ ދީފައިނުވާ ކުންފުނިތަކުން 1439 ވަނަ އަހަރު ޢުމްރާއަށް މީހުން ގެންދިޔުމަށް ފައިސާ ނަގަމުންދާކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި މިނިސްޓްރީން ހުއްދަ ދީފައިނުވާ ކުންފުނިތަކުގެ ހަވާލުގައި ޢުމްރާއަށް ދިޔުމަކީ ޢުމްރާވެރިންނަށް ވަރަށްގިނަ ތަފާތު ދަތިތަކާ ކުރިމަތިވެދާނެ ކަމެއްކަމަށްވާތީ، އެއްވެސް ކުންފުންޏަކުން ހުއްދަ ނެތި ޢުމްރާއަށް މީހުން ނުގެންދިޔުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޢުމްރާއަށް ދިޔުމަށް ކުންފުނިތަކަށް ފައިސާ ދައްކާއިރު، އެ ކުންފުންޏަކީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުންޏެއްތޯ ބައްލައި، ކަށަވަރުކުރުމަށްވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

1439 ވަނަ އަހަރު ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ޖުމްލަ 18 ފަރާތަކަށް އިސްލާމިކް މިނިސްޓްރީން ދީފައިވެއެވެ. މީގެ ތެރޭގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އިތުރުން އަމިއްލަ 17 ކުންފުންޏެއް ހިމެނެއެވެ.