ޚަބަރު

ފާރިސް މައުމޫނާއި ދެކޮޅަށް ގިނަ ހެކިތަކެއް ލިބިފައިވޭ- ފުލުހުން


ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލުމަށް ފަނޑިޔާރުންނަށް ނުފޫޒުފޯރުވުމަށް ރައްޔިތުން މަޖިލީހުގެ ދިއްގަރު ދައިރާގެ މެންބަރު މަސައްކަތްކުރެއްވިކަމުގެ ހެއްކާއި ޤަރީނާ ލިބިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ކުރީގެ ރައީސް މައޫމުން ދިރިއުޅުއްވާ މ. އެންދެރިމާގެއިން ސިއްރު ނެރިގެން ގެންދިޔަ ކަޅު ފޮއްޓެއް ފުލުހުން އަތުލައިގެންފައިވާކަމަށެވެ. އަދި މި ފޮށީގެ ތެރެއިން އަހުމަދު ފާރިސް މައުމޫން ކަނޑައެޅިގެން ފަނޑިޔާރުންނަށް ނުފޫޒުފޯރުމަން މަސައްކަތް ކުރިކަމުގެ ހެއްކާ ޤަރީނާ ލިބފައިވާކަމަށްވެސް ޝިފާން ވިދާޅުވި. މީގެއިތުރުން ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރުވައްޓާލުމަށް އެކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް މި ފޮށި ގިނަ ހެކިތަކެއް ލިބިފައިވާކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

"ރައީސް މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގެއިން ސިއްރު ގޮތެއްގައި ނެރެގެން ގެންދިޔަ ކަޅު ކުލައިގެ ފޮއްޓަކުން މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހެކިވަނީ ލިބިފަ. އެ ފޮށީގެ ތެރެއިން ކަނޑައެޅިގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މައުމޫނުގެ ދަރިކަލުން އަދި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މަސައްކަތް ކުރެއްވި ކަމުގެ ޑޮކިއުމެންޓް އެވިޑެންސް ލިބިފައިވޭ" ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވި އެންދެރިމާގެއިން ސިއްރުން ނެރިގެން ގެންދިޔަ ކަޅު ފޮށި ފެނުނީ ރައީސް މައުމޫންގެ އޮފީހުގައި މަސައްކަތްކުރާ ނަޖުމާ ގެއިންކަމަށެވެ. ނަޖުމާ ވަނީ ކުރިން ހައްޔަރުކޮށްފައެވެ.