ޚަބަރު

އަސްކަރީ އެހީއަކަށް ނޭދެން- ޑިފެންސް މިނިސްޓްރީ


ބޭރުގެ އަސްކަރީ އެހީތެރިކަން ހޯދުމަށް ދިވެހި ސަރުކާރުން ބޭރު ދަޢުލަތްތަކުގައި އެދިފައިވާކަމަށް ބުނެ، ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތައް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީން ދޮގުކޮށްފިއެވެ.  

ޑިފެންސް މިނިސްޓްރީން މިކަމާއި ކަންބޮޑުވުން ފާޅުކޮށް މިއަދު ނެރުއްވި ބަޔާނުގައި،  ރާއްޖޭގައި މިވަގުތު ހިނގަމުންދާ ކަންކަމާ ގުޅިގެން އެއްވެސް އިރެއްގައި ދިވެހި ސަރުކާރުން ބޭރުގެ އަސްކަރީ އެހީތެރިކަމަށް އެދިފައިނުވާނެކަމުގެ ޔަޤީންކަން ދީފައިވެއެވެ.

ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ރާއްޖޭގެ ދާޚިލީ ކަންކަން އަމިއްލައަށް ޙައްލުކުރުމުގެ ޤާބިލުކަން ދިވެހިރާއްޖެއަށް ލިބިގެންވާކަން ބަލައިގަތުމަށް ހުރިހާ ފަރާތްތަކަށް ގޮވާލާފައިވެއެވެ.