ޚަބަރު

ދޯންޏެއްގައި އަލިފާން ރޯވެއްޖެ


ކޮކޯ ބޮޑިހިތި ރިސޯޓާދިމާއިން 6 މޭލު ބޭރުގައި އޮތް ރީތި ބީޗް ރިސޯޓުގެ ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ. 

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުއިން މަޢުލުމާތުދޭގޮތުގައި މިޙާދިސާގެ މަޢުލޫމާތުލިބުމާއެކު އެމްއެންޑީއެފުންދަނީ އެސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ. 

މިޙާދިސާގައި އެވެސް މީހަކަށް ކަމެއްނުވާކަމަށާ، އެހެންނަމަވެސް ދޯންޏަށްވަނީ ވަރަށްބޮޑަށް ގެއްލުންވެފައިކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. މިޙާދިސާ ހިނގިއިރު، އެދޯނީގައި ތިބީ ދެދިވެހިންނާއި ބިދޭސީއެކެވެ. 

ދޯނީގައި ރޯވި އަލިފާންގަނޑު މިހާރުވަނީ ކޮންޓްރޯލްވެފައެވެ.