ޚަބަރު

"ސުޕްރީމް ކޯޓުގެ ޢަމުރަށް ފާޑު ކިޔާނަމަ ފިޔަވަޅު އަޅާނަން"


ކުރިން ނެރުނު ޢަމުރެއް ބާތިލްކޮށް ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ޢަމުރުގެ ސައްޚަކަމާމެދު ސުވާލު އުފައްދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނޭކަމުގެ އިންޒާރު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ދީފިއެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުއްވި ޢަމުރުގައިވަނީ 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުއްވި ޢަމުރު ބާތިލްކޮށް އިއްޔެ ނެރުއްވި ޢަމުރުގެ މުސްތަޤިއްލުކަމާމެދު ޝައްކު އުފެދޭ ގޮތަށް، އަދި ކަންކަން އޮޅޭ ގޮތަށް ތަފާތު މީޑިއާތަކުންނާއި އެކިއެކި ފަރާތްތަކުން ހަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރަމުންދާކަމަށެވެ.

އަދި މިއީ އެއްވެސް އަސާސެއް ނެތް ޢައިރު ޤާނޫނީ ވާހަކަތަކަކަށްވާތީ، އެފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށާއި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް ފަރާތެއް އިސްތިސްނާނުކޮށް އަޅާނޭކަމަށް ސުޕްރީމް ކޯޓުގެ ޢަމުރުގައިވެއެވެ.