ޚަބަރު

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނަން-ޕޮލިސް




ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ސަރުކާރު ހިމާޔަތްކުރުމުގައި ޤާނޫނު އަސާސީން ފުލުހުންނަށް ލާޒިމްކޮށްފައިވާ އެންމެހާ ކަންކަން ތަންފީޛުކުރުމުގައި ސާބިތުކަމާއެކު ފުލުހުންގެ މުއައްސަސާ ދެމި އޮތްކަމުގެ ޔަޤީންކަން އެ މުއައްސަސާއިން ދީފިއެވެ.

މިކަން ހާމަކޮށްފައިވަނީ ފުލުހުން ނެރުނު ބަޔާނުގައިވަނީ ކުއްލިނުރައްކާތެރިކަމުގެ މިދަނޑިވަޅުގައި  ދިވެހި ރައްޔިތުން ކެއްތެރިވެތިބުމަށާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަމަން އަމާންކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި  ސުލްޙަ މަސަލަސްކަން ޤާއިމްކުރުމަށް  ފުލުހުން ކުރަމުންގެންދާ މަސައްކަތުގައި  ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.  

ކުއްލި ނުރައްކަލުގެ ޙާލަތު އިޔުލާންކޮށްފައިވާއިރު ފުލުހުން ގެންދަނީ މާލޭގެ އެކި ޞަރަޙައްދުތަކުގައި އޮޕަރޭޝަންތަށް ހިންގަމުންނެވެ.