ޚަބަރު

އިންޑިއާއިން އެދެނީ ރާއްޖޭގައި ހަމަޖެހުން އޮތުމަށް- އިންޑިއާ


ރާއްޖޭއާ އެންމެ ގާތް ޤައުމެއްގެ ހައިޞިއްޔަތުން އިންޑިއާއިން އަބަދުވެސް ބޭނުންވަނީ ރާއްޖޭގައި ހަމަޖެހުމާއި އަމާންކަން އޮތުމަށްކަމަށް އިންޑިއާއިން ހާމަކޮށްފިއެވެ.

އިންޑިއާއިން މިކަން ހާމަކުރީ، ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން އިންޑިއާގެ ޚާރިޖިއްޔާއިން މިއަދު ނެރުއްވި ބަޔާނުގައެވެ. މިބަޔާނުގައި ރާއްޖެއާ ގާތް، އެކުވެރި ޤައުމެއްގެ ހައިޞިއްޔަތުން އިންޑިއާއިން އަބަދުވެސް ބޭނުންވަނީ ރާއްޖޭގެ ހަމަޖެހުމާއި އަމާންކަމާއި ކުރިއެރުންކަމަށެވެ.

އިންޑިއާގެ ބަޔާނުގައި މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ދިވެހި ސަރުކާރުން ކަށަވަރުކޮށްދެއްވާނެ ޔަޤީންކުރައްވާކަމަށްވެސް ވިދާޅުވެފައިވެއެވެ.