ވިޔަފާރި

ޚިދުމަތް ދޭން ނުފެށި ލަސްވަނީ އިތުރު ސީ ޕްލޭނެއް ގެނައުމަށް ނިންމާފަވާތީ





 


މޯލްޑިވިއަން އިން ސީ ޕްލޭންގެ ޚިދުމަތް ދޭން ނުފެށި ލަސްވަމުން ދަނީ އިތުރު ސީ ޕްލޭނެއް ގެނައުމަށްފަހު އެ ޚިދުމަތް ފެށުމަށް ނިންމާފައިވާތީ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.


 
އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ، އަންނަ މަހު ކުރީ ކޮޅު އެ އެއަރލައިންގެ ދެވަނަ ސީ ޕްލޭން ރާއްޖެ އަންނާނެ ކަމަށާއި އެންމެ ސީ ޕްލޭނަކުން ޚިދުމަތް ދޭން ފަށައިފިނަމަ ޚިދުމަތަށް ބުރޫ އަރާނެތީ ނުފަށާ މަޑުކުރަނީ ކަމަށެވެ. އަދި ދެވަނަ ސީ ޕްލޭން ގެނައުމަށް ފަހު އަންނަ މަހު މެދު ތެރޭ ހިސާބުގައި އެއެއަރލައިނުން ސީ ޕްލޭންގެ ޚިދުމަތް ދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސީ ޕްލޭންގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފްލޯޓިން ޖެޓީގެ މަސައްކަތް ނިމި ޓަރމިނަލްގެ މަސައްކަތް މިހާރު ނިމުމަކާ ގާތަށްގޮސްފައިވާ ކަމަށްވެސް ނަޝާތު ވިދާޅުވިއެވެ.


 
 


މޯލްޑިވިއަނުން ވަނީ މިދިޔަ މަހުގެ ސަތާރަވަނަ ދުވަހު ރާއްޖެއަށް މޫދަށް ޖައްސާ ސޯޅަ ގޮޑީގެ ބޯޓެއް ގެނެސްފައެވެ.