ޚަބަރު

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ރޯވެ އަނދަނީ


ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ބުނީ ވެލާ ނަމަކަށްކިޔާ މި ސަފާރީގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލްކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް ސަފާރީ ތެރޭގައި މީހަކު އޮތްކަމަށް ބުނާތީ ފަޔަރ އެންޑް ރެސްކިއު ޓީމުން އެކަން ބަލަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަލިފާނުގެ ޙާދިސާ އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެދުނު 09:00 ކަންހާއިރުކަމަށާއި އަލިފާން ރޯވީ ސަފާރީގެ އިންޖީން ރޫމާއި ސަފާރީގެ ގެ ގަނޑުގައިކަމަށް އެމްއެންޑިއެފުން ބުނެއެވެ.