ކުޅިވަރު

މިދިޔަ އަހަރަށްވުރެ، މިއަހަރުގެ ސްކޮޑް މާ ވަރުގަދަ - ނިއުގެ ކޯޗު


ނިއުރޭޑިއަންޓްގައި މިހާރު އޮތީ މިދިޔަ ސީޒަނަށްވުރެވެސް ވަރުގަދަ ޓީމެއްކަމަށް ކޯޗު އޮސްކާ ބުރޫޒޮން ބުނެފިއެވެ. 

އާސީޒަންގެ ފުރަތަމަ މެޗުގައި މާދަމާރޭ ޓީސީއާ ދެކޮޅަށް ނިކުންނަ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު ބުނީ އޭނާ ބޭނުންވާ ކޮންމެ ވަގުތަކުން، ކޮންމެ ގޮތަކަށް ބަދަލުކޮށްލެވޭވަރުގެ ސްކޮޑެއް ލިބިފައިވާކަމަށެވެ. ހުރިހާ ޑިޕާރޓްމަންޓްތައްވެސް ވަރުގަދަ ކަމަށާއި، ހުރިހާ ހާލަތަކަށްވެސް ޓީމް ތައްޔާރުކުރެވޭނެކަމަށެވެ. އެހެންކަމުން އެންމެ ވަރުގަދަ ސްކޮޑް އޮތީ ނިއުރޭޑިއަންޓްގައިކަމަށާއި، އެއީ ބޮޑު ހިތްހަމަ ޖެހުމެއްކަމަށް ކޯޗު ބުންޏެވެ. 

ޓީސީއަށް އޮތް އެޑްވާންޓޭޖަކީ ކުރިން ޕްރެކްޓިސް ފަށާ، ރަނގަޅު ދެ މެޗު ކުޅެ ރަނގަޅު ނަތީޖާއެއް ނެރެފައި އޮތުންކަން ކޯޗު ފާހަގަކުރިއެވެ. ނަމަވެސް ޓީސީއަށް ރެސްޓް ލިބިފައި ނުވާކަމަށާއި، އޭނާގެ ޓީމް ނިކުންނާނީ ފްރެންޝްކޮށްކަމަށް މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗު ބުންޏެވެ. ސީޒަންގެ ފުރަތަމަ މެޗާ ކުރިމަތިލާއިރު އެއްވެސް ޕްރެޝަރެއް ނެތްކަމަށްވެސް އޭނާ ބުންޏެވެ.

" މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ ސްކޮޑް ހުރިހާ ގޮތަކުންވެސް ވަރުގަދަ. ހުރިހާ މަޤާމެއްވެސް، ހުރިހާ ހާލަތަކަށްވެސް، ބޭރު ކުޅުންތެރިންވެސް ދިވެހި ކުޅުންތެރިންނަށް ބެލިޔަސް. ފަހަތަށްވެސް، ރައިޓަށްވެސް ލެފްޓަށް ބެލިޔަސް މިސްކޮޑް މާ ވަރުގަދަ. މިޑްފީލްޑަށް ބެލިޔަސް އެކަން އޮތީ އެހެން. މިއީ ގްރޫޕެއް " ކޯޗު ބުންޏެވެ.

ޓީސީއާއި ނިއުރޭޑިއަންޓް މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވަން ނިކުންނާނީ މާދަމާރެއެވެ.