ޚަބަރު

ޓިވެޓުން އެފްއެންބީ ކޯސްތަކެއް ފަށަނީ


ޓިވެޓް އޮތޯރިޓީން ކުރިއަށް ގެންދާ ފުޑް އެންޑް ބެވަރެޖް ސަރވިސަސްގެ ދާއިރާއިން މީހުން ތަމްރީންކުރުމަށް ހިންގާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

ޓިވެޓް އޮތޯރިިޓީން ބުނީ އެ އެއޮތޯރިޓީން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ފުޑް އެންޑް ބެވަރެޖް ލެވަލް ތިނެއް އަދި ލެވަލް ހަތަރެއްގެ ކޯސްތައްކަމަށެވެ.

އެފް އެންޑް ބީ ލެވެލް ތިނެއްގެ ކޯހަކީ ހަތަރު މަސްދުވަހުގެ މުއްދަަތައް ކުރިއަށްގެންދާ ކޯހެއް. މި ކޯހުގައި ގްރޭޑް 7 ފުރިހަމަކޮށްފައިވާ ކޮންމެ ފަރާތަކަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައިއެވެ. އެފް އެންޑް ބީ ލެވެލް ހަތަރެއްގެ ކޯހަކީ 8 މަސްދުވަހުގެ ކޯހެކެވެ. މިކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެތެރޭގައި ސާނަވީ އިމްތިހާނުން ދަށްވެގެން ތިން ސީ ފާސް ލިބިފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް ތިނެއްގެ ސަނަދެއް އޮތުން ހިމެނެއެވެ.

ފީއަކާއި ނުލާ ކުރިއަށްގެންދާ މި ކޯސްތަކުން ފާސްވާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވެލް ތިނެއް ނުވަތަ ހަަތަރެއްގެ ސަނަދު ލިބޭނެއެވެ.

ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު މިމަހުގެ ބާރަވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ޓިވެޓް އޮތޯރިޓީން ބުނެއެވެ.