ޚަބަރު

މަޖިލީހުގެ އަމީންއާންމު އަޙްމަދު މުޙައްމަދު އިސްތިއުފާދެއްވައިފި


ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު އަޙްމަދު މުޙައްމަދު އިސްތިއުފާދެއްވައިފިއެވެ. އަމީން އާންމުގެ މަގާމުން އިސްތިއުފާދެއްވިކަން އަހްމަދު މުޙައްމަދު ވަނީ ޕީ.އެސް.އެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ. ގިނަ އަހަރުތަކެއް ވަންދެން މަޖިލީހުގެ އަމީން އާންމުގެ މަޤާމު ފުރުއްވާފައިވާ އަހްމަދު މުހައްމަދު ވިދާޅުވީ އެނިންމެވުމަކީ އަމިއްލަފުޅު ނިންމެވުމެއްކަމަށެވެ. އަދި އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް ދެއްވާފައެއްނުވެއެވެ.