ކުޅިވަރު

އެމްބީއޭ ޗެމްޕިއަންޝިޕް ހުޅުވައިދޭނީ ކިންގްސްއާއި ރެޕްޓޯސް


ބާސްކެޓްބޯޅަ އެސޯސިއޭޝަން ހުޅުވާ މެޗުގައި ކިންގްސް ބާސްކެޓްބޯޅަ ކުލަބާއި ރެޕްޓުއަރސް ބާސްކެޓް ކްލަބް ވާދަ ކުރަން ޖެހިއްޖެ އެވެ.

އަށް ޓީމު ވާދަ ކުރާ މުބާރާތުގައި ބައިވެރި ޓީމުތައް ދެ ގްރޫޕަކަށް ބަހާލުމުން މި ޓީމު ހިމެނުނީ އެއް ގްރޫޕެއްގައެވެ. މި ދެ ޓީމުގެ އިތުރުން ގްރޫޕް އޭގައި ހިމެނެނީ ރޯޔަލް ބީސީއާއި، ރެޑްވިންގްސްއާއި، އެޗްޑީސީއާއި، ޑަބްލިޔު ސްޕޯރޓްސް އެކަޑަމީއެވެ. 

ގްރޫޕް ބީގައި ހިމެނުނު އެންމެ ވަރުގަދަ ޓީމަކީ ބާސްކެޓްގައި މިހާރު އޮތް އެންމެ ދުވަސްވީ އެއް ޓީމު ކަމަށްވާ ޓީރެކްސް އެވެ. ދެން ހިމެނެނީ ސްޓްރިންސް ބީސީ އާއި ސީބީލް، ހާފް ކޯޓް، އެލްކިޔު ސްޕޯރޓްސް އަދި ލަޔޮންސް ސްޕޯރޓްސް ކްލަބެވެ. 

އަންނަ އަންގާރަ ދުވަހުން ފެށިގެން މި މަހުގެ 27ގެ ނިޔަލަށް ކުޅޭ މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގަދަ ދެ ޓީމެވެ. ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ ޓީމަށް ސެމީފައިނަލްގެ ދެ ފުރުސަތު ލިބޭނެ އެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގައި ވާދަކުރާނީ ސައިކްލޯން ބީސީ، ޖިބިއްލީ، ރެޑްވިންގްސް އަދި ބެންޗެވެ.