ޚަބަރު

އަމުރު ތަންފީޒުކުރާކަމަށް ޕީޖީންވެސް ހާމަކޮށްފި


ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ތަންފީޛް ކުރުމަށްޓަކައި ސުޕްރީމް ކޯޓަށް ހުށައަޅަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ކަންކަމުގެ ތަފްސީލް އެކޯޓަށް ހުށައެޅުމަށް ތައްޔާރުވަމުންދާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދެންމެ ނެރުނު ނޫސްބަޔާނެއްގައިވަނީ، ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގެ 5 ވަނަ ނަންބަރުގައި ހައްޔަރުގައި ތިބި ކުށްވެރިންތަކެއް ދޫކޮށްލުމަށް އަމުރުކޮށްފައިވާއިރު، އޭގެ ތެރެއިން އެކި ކުށްވެރިންގެ މައްސަލަތައް ޝަރުޢީ އެކި މަރުހަލާތަކުގައި ވާތީ، އެމީހުން ދޫކޮށްލަންވާނީ ޤާނޫނީ އިޖްރާޢަތްތައް ފުރިހަމަ ކުރުމަށްފަހުގައިކަމަށް އުއްތަމަ ފަނޑިިޔާރު ޤާނޫނީ ލަފާ ދެއްވާފައިވާތީ، އެކަންކަން ޕީޖީ އޮފީހުން ފުރިހަމަ ކުރަމުންދާކަމަށެވެ.

އެގޮތުން ކޯޓަށް ހުށައަޅަންޖެހޭ ލިޔެކިއުންތައް ތައްޔާރުކޮށް ހުށައެޅުމަށް ތައްޔާރުވަމުންދާކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ. ސުޕްރީމް ކޯޓްގެ ޙުކުމުގައި ދޫކޮށްުމަށް އަމުރުކޮށްފައިވާ ކުށްވެރިންނަކީ ޖިނާއީ ބޮޑެތި މައްސަލަތަކެއް ސާބިތުވެފައިވާ ކުށްވެރިންކަމަށްވާތީ، އެކުށްވެރިން ވަގުތުން ދޫކޮށްލުމަށް ޙުކުމްގައި ބަޔާންކޮށްފައިވާތީ، ބަންޑާރަނާއިބު ވަނީ އުއްތަމަ ފަނޑިޔާރާ ފޯނުން ގުޅުއްވައިި މަޝްވަރާ ކުރައްވާފައެވެ. އަދި އެފަރާތްތައް ދޫކޮށްލަންވާނީ "ޑިއު ޕޮރޮސެސް" ނުވަތަ ޤާނޫނީ އިޖްރާޢަތްތައް ފުރިހަަމ ކުރުމަށްފަހުގައިކަމަށް އުއްތަމަ ފަނޑިޔާރު ލަފާދެއްވާފައިވާކަމަށް ބަންޑާރަނާއިބު މިއަދު ވިދާޅުުވެފައިވެއެވެ.