ޚަބަރު

9 މީހުންގެ މައްސަލަ ކްރިމިނަލްކޯޓުން ބޭރުކޮށްލައިފި


ސްޕްރީމް ކޯޓުގެ އަމުރުގައި ޑިއު ޕްރޮސެސް ނިންމުމަށްފަހު މިނިވަން ކުރުމަށް އަމުރުކޮށްފައިވާ 9 މީހުން މިހާރު ތިބީ ޤާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިކަމަށް ކަނޑައަޅައިދިނުމަށްއެދި އެމީހުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތައް ކްރިމިނަލް ކޯޓުން ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފައިވަނީ، ސްޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ޕީޖީ އޮފީހާއި އޭޖީ އޮފީހުން ސްޕްރީމް ކޯޓާއެކު މަޝްވަރާތަކެއް ކުރިއަށްދާތީއެވެ.