ޚަބަރު

އައިޑަލް ބައެއް ސްޕޮންސަރުންނާއި ޕާރޓްނަރުންނާއިއެކު ސޮއިކޮށްފި


މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ބައެއް ސްޕޮންސަރުންނާއި ޕާރޓްނަރުންނާއިއެކު ސޮއިކޮށްފިއެވެ.

ޓީވީއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އައިޑަލްގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ސޮއިކޮށްފައިވަނީ ސިބްކޯ ޕްރައިވެޓް ލިމިޓެޑްއެވެ. މެޑިކަލް ޕާރޓްނަރަކީ އައި.ޖީ.އެމް.އެޗް އަދި ކޭޓަރިންގ ޕާރޓްނަރަކީ ސީހައުސްއެވެ.

ހުކުރު ދުވަހު އައިޑަލްގެ ސީޒަން ތިނެއް، ޕްރިމިއަރ ކުރާއިރު ސްޕޮންސަރ ކުރުމުގެ ފުރުޞަތު އަދިވެސް ވަނީ ހުޅުވިފައެވެ.

މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަން އިޢުލާން ކުރެވިގެންދިޔައީ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ދިރާގު ހަމަޖެއްސުމާއެކު. އެއަށްފަހު މެއިން ސްޕޮންސަރުންނާއި، ސްޕޮންސަރުން އަދި ޕާރޓްނަރުންގެ ގޮތުގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކެއް އައިޑަލްއާ ގުޅިފައިވެއެވެ.

img:http://s3.psmnews.mv/images/660x400/15174995763789.jpg|އައިޑަލްގެ މެޑިކަލް ޕާރޓްނަރަކީ އައި.ޖީ.އެމް.އެޗްއިން އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ ޕީއެސްއެމް  

އިތުރު މެއިން ސްޕޮންސަރެއްގެ ގޮތުގައި މިފަހަރު އައިޑަލްއާ ގުޅިފައިވަނީ "ސިބްކޯ ޕްރައިވެޓް ލިމިޓެޑް". މެޑިކަލް ޕާރޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް "އައި.ޖީ.އެމް.އެޗް. އަދި ކޭޓަރިންގ ޕާރޓްނަރަކަށް ހަމަޖެއްސީ ފާއިތުވި ދެ ސީޒަންގައިވެސް ކޭޓަރިން ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ "ސީހައުސް"ރެސްޓޯރެންޓެވެ.

މިކަމުގެ އެއްބަސްވުންތަކުގައި ޕީ.އެސް.އެމްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ މާކެޓިން އެންޑް ކޮމަރސް އިބްރާހިމް ނަސްރީނެވެ. މެއިން ސްޕޮންސަރ ސިބްކޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީ.އޯ.އޯ ޕްރަމޯދް އެމް ނަޔަރެވެ. މެޑިކަލް ޕާރޓްނަރ އައި.ޖީ.އެމް.އެޗްގެ ފަރާތުން ސޮއި ކުރެއްވީ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓުގެ ޑިރެކްޓަރ އަހުމަދު މައުސޫމެވެ. އަދި ކޭޓަރިން ޕާރޓްނަރ "ސީހައުސް" ތަމްސީލް ކުރެއްވީ އެތަނުގެ ޗީފް އިންފްލުއެންސް އޮފިސަރ އިބްރާހިމް މަހުދީއެވެ. 

ޕީ.އެސް.އެމްގެ ޑިރެކްޓަރ މާކެޓިން އެންޑް ކޮމަރސް އިބްރާހިމް ނަސްރީން ވިދާޅުވީ، މޯލްޑިވިއަން އައިޑަލްފަދަ ދިވެހި ޒުވާނުންގެ ހުނަރުތައް ދައްކުވައިދޭ ޝޯވްއެއްގައި ބައިވެރިވެ ކުންފުނިތަކުން ކުރަމުން އަންނަ މަސައްކްތަތައް ފާހަގަކުރާ ކަމަށެވެ. އަދި އަދިވެސް ސްޕޮންސަރ ކުރުމުގެ ފުރުޞަތު އޮބައޮތް ކަމަށް ނަސްރީން ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/15174997444719.jpg|އައިޑަލްގެ ކޭޓަރިންގ ޕާރޓްނަރަކީ ސީހައުސް އިން އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ ޕީއެސްއެމް /

މެއިން ސްޕޮންސަރ އަދި ޕާރޓްނަރުންގެ ގޮތުގައި ސޮއިކުރެވުނު ކުންފުނިތަކާއި، މުއައްސަސާތަކުން ބުނީ އައިޑަލް ޕްރޮޖެކްޓާ ގުޅުމަކީ އެ ކުންފުނިތަކުން ވިއްކާ މުދަލާއި، މުއްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތުގައި އަނެއްކާވެސް އާ ތަޖުރިބާއަކަށް ވާނެ ކަމަށެވެ. 

މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަން ޕްރިމިއަރ ކުރުން އޮންނީނީ ހުކުރުދުވަހުގެ ރޭ 10:30 ގައެވެ. އައިޑަލް ސީޒަން ތިނަކަކީ ކުރީ ދެ ސީޒަން ފަދައިން ކާމިޔާބު ސީޒަނަކަށް ހެދުމަށް އައިޑަލް ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ. މިއަހަރު އޮޑިޝަންތައް ބޭއްވީ ރ.އުނގޫފާރާއި، މާލެ އަދި އައްޑޫސިޓީގައެވެ. މިއީ ރާއްޖޭގެ ޒުވާނުންގެ ލަވަ ކިޔުމުގެ ހުނަރު ދައްކުވައިދޭ، ލަވައާއި މިއުޒިކަށް ލޯބި ކުރާ ގިނަ ދިވެހިންގެ ވަރަށް މަގްބޫލް ޝޯވްއެކެވެ.