ޔަމަނުގައި ހަރަކާތްތެރިވާ އަލްގާއިދާއަށް ނިސްބަތްވާ ހަނގުރާމަވެރިންނާއި ޔަމަން ސިފައިންނާ ދެމެދު އިއްޔެ ބަދަލުކުރެވުނު ހަމަލާތަކުގައި އަލްގާއިދާގެ 30 ހަނގުރާމަވެރިން މަރާލެވިފައިވާ ކަމަށް ޔަމަން ސިފައިން ބުނެފިއެވެ.
 
 
ޔަމަން ސިފައިންގެ އިސް ކޮމާންޑަރަކު ވިދާޅުވީ އިއްޔެގެ ހަމަލާތައް ފެށުނީ ޔަމަންގެ ދެކުނުގެ ޝިބްވާ ގަވަނޭޓްގައިވާ ސިފައިންގެ މަރުކަޒުތަކަށް އަލްގާއިދާގެ ހަނގުރާމަވެރިން ދިން ކުއްލި ހަމަލާތަކާ  ގުޅިގެން ކަމަށެވެ. އަލްގާއިދާގެ މި ކުއްލި ޙަމަލާތަކުގައި ޔަމަން ސިފައިންގެ 8 މީހުން މަރުވެފައިވާއިރު މީގެތެރޭގައި ސިފައިންގެ އިސް އޮފްސަރަކުވެސް ހިމެނޭ ކަމަށް އެގައުމުގެ ސިފައިންގެ ކޮމާންޑަރު ވިދާޅުވިއެވެ. 
 
 
 
 
ޔަމަންގެ ދެކުނުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އަލްގާއިދާގެ ހަނގުރާމަވެރިންނާއި ޔަމަން ސިފައިންނާ ދެމެދު ހަނގުރާމަ ހިނގަމުންދާތާ މިހާރު ދެހަފްތާ ވެފައިވާ ކަމަށް ޔަމަންގެ ދިފާއީ ވުޒާރާއިން ބުނެއެވެ.