ވިޔަފާރި

އެސްޓީއޯއަށް 2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ


މިދިޔަ އަހަރުގެ ފަހު ކުއަރޓަރގައި އެސްޓީއޯއަށް ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މިއީ 2016 ވަނަ އަހަރުގެ ފަހު ކުއާޓާގައި އާމްދަނީގެ ގޮތުގައި ލިބުނު އެކެއް ޕޮއިންޓް ހަތެއް ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު، ސޯޅަ އިންސައްތަ އިތުރު އަދަދެކެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ ފަހު ކުއާޓާގެ މާލީ ބަޔާނުގައިވާގޮތުން، ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ ސާޅިސް ހަ މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި ލިބިފައިވަނީ ސާޅީސް ފަސް މިލިއަން ރުފިޔާއެވެ.

އެސްޓީއޯއިން މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ވިޔަފާރިކުރުމަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި ވިޔަފާރިއަށާއި ހިންގުމަށް ކުރި ހަރަދު ކެނޑުމުން ހިންގުމުގެ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ހަތްދިހަ ހަޔެއް ޕޮއިންޓު ހަޔެއް މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ހަތަރުވަނަ ކުއާޓާގައި ހިއްސާއަކަށް ފައިދާގެ ގޮތުގައި 14 ރުފިޔާ ޖެހިފައިވެއެވެ.