ޚަބަރު

ގާކޮށްޓާއި އަރަބިއްޔާ ފްލެޓްތައް ވިއްކުން އޮންލައިންކޮށް


ގާކޮށްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހިނގި ބިމުގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ވިއްކުން މެދުކަނޑާލާފައި އޮތުމަށްފަހު އެ ފްލެޓްތައް ވިއްލަން އަލުން ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ ފްލެޓް ވިއްކުމުގެ ޢިންތިޒާމްތައް ލުއިފަސޭހަ ނިޒާމެއް ގެދަށުން ކުރިއަށް ގެންދިއުމަށް ފްލެޓްތައް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށްކަމަށެވެ.

އެޗްޑީސީން ބުނީ އެކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ސޭލްސް ޑޮޓް އެޗްޑީސީ ޑޮޓް ކޮމް ޑޮޓް އެމްވީ"  މެދުވެރިކޮށް ފްލެޓްގަތުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށް. އަދި މި ޕޯޓަލް މެދުވެރިކޮށް ފްލެޓާއި ގުޅޭ ހުރިހާ މައުލޫމާތެއް ލިބެން ހުންނާނެކަމަށް އެޗްޑީސީން ބުނެއެވެ. މިގޮތުން ފްލެޓް ވިއްކުމަށް ހަމަޖެހިފައިވާ ގޮތާއި ފްލެޓްތަކުގެ ތެރެއިން ވިއްކުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ކުރެހުންތަކާއި، އެއްފަހަރާ ފައިސާ ދެއްކޭނެ ގޮތާއި ބޭންކް ލޯނަށް ހުށައަޅާނެ ގޮތުގެ މައުލޫމާތުވެސް އޮންލައިންކޮށް ލިބޭނެކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑިސީން ބުނީ ފްލެޓް ވިއްކާނީ އުމުރުން އެކާވީސް އަހަރުވެފައިވާ ދިވެހިންނަށް ކަމަށެވެ.

ޕޯޓަލް މެދުވެރިކޮށް ފްލެޓް ގަތުމަށް ހުށައަޅާ ފަރާތްތަކުގެ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށްފަހު، ޝަރުތު ފުރިހަމަވާ ފަރާތްތަކާއި، ޝަރުތު ފުރިހަމަނުވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް އަންގަމުންގެންދާނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ފްލެޓް ގަންނަން ބޭނުންވާ ފަރާތަކުން ޕޯޓަލް މެދުވެރިކޮށް ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ފަސްދުވަހުގެ ތެރޭގައި ހުށައަޅަންޖެހޭނެކަމަށާއި އެ މުއްދަތުގެ ތެރޭގައި ލިޔުންތައް ހުށައަޅާފައިނުވާނަމަ ފްލެޓް ގަތުމަށް ހުށައެޅި ހުށައެޅުން ބާތިލުވާނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.