ކުޅިވަރު

ވެލެންސިއާގެ މެނޭޖަރަކަށް ލަތީފް، ކީޕަރު ޓްރޭނަރަކަށް ހަބީބް


ވެލެންސިއާގެ މެނޭޖަރަކަށް ހުއްރިއްޔާގެ ކުރީގެ މެނޭޖަރު އަބުދުއްލަތީފް ހަމަޖައްސައި، ގޯލްކީޕަރު ޓްރޭނަރަކަށް ކުރީގެ ކީޕަރު ހުސައިން ހަބީބް ހަމަޖައްސައިފިއެވެ.

ވަރަށް ބޮޑަށް ބަދަލުވެފައިވާ ޓީމަކާއެކު އާ އަހަރުގެ ސީޒަނަށް ތައްޔާރުވާ ވެލެންސިއާގެ މެނޭޖަރުކަން ލަތީފަށް ދިންއިރު އޭނާ ވަނީ މީގެ ކުރިން ވެސް ތިން އަހަރު ވަންދެން ވެލެންސިއާގެ މެނޭޖަރުކަންކޮށްފައެވެ. ލަތީފް އެންމެ ފަހުން ފެނުނީ ހުސްވި އަހަރު ނޫން ކުރީ އަހަރު ޔުނައިޓެޑް ވިކްޓަރީގެ ބެންޗުންނެވެ.

ގޯލްކީޕަރު ޓްރޭނަރަކަށް ހަމަޖެއްސި ހަބީބަކީ ވެލެންސިއާގެ ކުރީގެ ކީޕަރެވެ. އޭނާ ވަނީ ގައުމީ 16 އަހަރުން ދަށުގެ ކީޕަރު ޓްރޭނަރުކަން ވެސް ކޮށްފައެވެ.

img:http://s3.psmnews.mv/images/660x400/15173707195315.jpg|ވެލެންސިޔާގެ ކުރީގެ ކީޕަރު ހަބީރު، މިއަހަރު ކީޕަރ ޓްރޭނަރ: ފޮޓޯ-ވެލެންސިޔާ

ކުރިއަށް އޮތް ސީޒަނުގައި ވެލެންސިއާގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ޒުވާން ކޯޗު ސޮބާހް މުހައްމަދެވެ. އޭނާއަކީ މިދިޔަ އަހަރު ގްރީން ސްޓްރީޓްސްގެ ކޯޗެވެ. ސޮބާގެ އެހީތެރިއަކަށް ވެލެންސިއާގައި ވެސް މަސައްކަތް ކުރާނީ ވިކްޓަރީ އާއ ނިއުއިން ފެނުނު ފަރީދު މުހައްމަދެވެ.

އާ އަހަރުގެ ސީޒަނަށް ވެލެންސިއާއިން ވަނީ ގިނަ އަދަދެއްގެ ކުޅުންތެރިން ލައްވައި ސޮއިކުރުވަފައެވެ. ރާއްޖޭގެ އާ އަހަރުގެ ސީޒަނުގެ ފުރަތަމަ މުބާރާތަކީ ފެބްރުއަރީ ފަހުކޮޅު ފަށާ މާލޭލީގެވެ.