ކުޅިވަރު

ލޫކަސް މައުރާ ޓޮޓެންހަމް އަށް, ސްޓަރިޖް ވެސްޓް ބްރޮމަށް


ޕީއެސްޖީން ބާކީކޮށްލި ލޫކަސް މައުރާ ޓޮޓެންހަމަށް ބަދަލުވާން ނިންމައިފިއެވެ.

 ބްރެޒިލްގެ މިޑްފީލްޑަރު ކުލަބު ބަދަލު ކުރަން ނިންމީ 25 މިލިއަން ޕައުންޑަށެވެ. އޭނާ ކުލަބު ދޫކޮށްލަން ޖެހުނީ ޕީއެސްޖީގެ މިހާރުގެ ކޯޗު އުނާއީ އެމްރޭއާ މައްސަލަޖެހިގެންނެވެ. ބްރެޒިލްގެ ސައުޕޯލޯއިން 2013 ވަނަ އަހަރު 33 މިލިއަން ޕައުންޑަށް ޕީއެސްޖީ އަށް ބަދަލުވި މައުރާއަށް މިސީޒަނުގައި މިހާތަނަށް ކުޅެން ލިބުނީ އެންމެ ހަ މެޗެވެ.

މޮޅު ކުޅުންތެރިން ގިނަ ޕީއެސްޖީން މައުރާ ދޫކޮށްލިއިރު އެ ޓީމުން ވަނީ މި ސީޒަނަށް ޓީމު ވަރުގަދަ ކުރަން ބޮޑު ހޭދައެއްކޮށްފައެވެ. އަދި ޓީމުގެ އަމާޒަކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ.  

ލިވަޕޫލްގެ ފޯވަޑް ޑެނިއަލް ސްޓަރިޖް ވެސްޓް ބްރޮމަށް ބަދަލުވީ ކުލަބުގެ ފުރަތަމަ 11 ން ޖާގަ ނުލިބޭތީއެވެ. ލިވަޕޫލް ޓީމުން މިހާރު އޭނާ އަށް ޖާގަ ނުލިބޭ މައިގަނޑު ސަބަބަކީ މާ އަވަސް އަވަހަށް އަނިޔާ ވަމުންދިއުމެވެ. މިހެންވެ މިދިޔަ ދެ އަހަރު ތެރޭގައި ސްޓަރިޖަށް 30 މެޗު ހަމަކުރެވިފައިނުވާތީ އޭނާ ވިއްކާލަން ލިވަޕޫލް އޮތީ ވަރަށް ބޮޑަށް ބޭނުންވެފައެވެ.