ކުޅިވަރު

ވިކްޓްރީގެ ކޯޗަކަށް ކިސް!


ވިކްޓްރީގެ ކޯޗުކަން ހުށަހެޅުމުން ހަންގޭރީގެ ކޯޗު ލާސްލޯ ކިސް މާދަމާ މާލެ އައުމަށް ނިންމައިފިއެވެ.

ބުޑަޕެސްޓްގައި ހުރެ ވާހަކަ ދައްކަމުން ތަޖުރިބާކާރު ކޯޗު ބުނީ ވިކްޓަރީގެ ކޯޗުކަން އޭނަށް ހުށަހަޅާފައިވާ ކަމަށާއި، އެ ޓީމުން ފެނުމަކީ ވަރަށް ގާތް ކަމެއް ކަމަށެވެ.

ކިސްވަނީ 2016 ވަނަ އަހަރުގެ ސީޒަނުގެ ފަހުކޮޅު ވެސް ވިކްޓަރީ އަށް ކޯޗުކޮށްދީފައެވެ. އޭގެފަހުން ވަޒީފާއެއްނެތި އަމިއްލަ ގައުމުގައި ހުރި ކޯޗު ރާއްޖެ އަންނަން ނިންމިއިރު އޭނާ އަކީ ދިވެހި ފުޓްބޯޅަ އެންމެ ރަނގަޅަށް އެނގޭ ބިދޭސީ ކޯޗެވެ.

ތިން ފަހަރެއްގެ މަތީން ވެލެންސިއާ އަށް ކޯޗުކޮށްދީ އެ ޓީމަށް ގިނަ ކާމިޔާބު ތަކެއް ހޯދައިދިނުމަށްފަހު އޭނާ ވަނީ ފަހުން ވީބީ އަށް ކޯޗުކޮށްދީފައެވެ. ކިސް ވިކްޓަރީއާ ހަވާލުވާނެ ކަމަށް ބެލެވިފައިވާއިރު އަންނަ ސީޒަނަށް ތައްޔާރުވާން ވިކްޓަރީން މިހާރުވަނީ ކުޅުތެރިން ވެސް ހޯދަން ފަށާފައެވެ. ނަމަވެސް ޓްރާންސްފާ މާކެޓްގައި ވިކްޓަރީ އަކީ އެންމެ ފަހަތުގައި އުޅޭ ޓީމެވެ. 

މި އަހަރުގެ ސީޒަނަށް ވިކްޓަރީގެ ކޯޗަކަށް ގެނައުމަށް އެ ޓީމުން ފުރަތަމަ މަސައްކަތް ކުރީ ނިއުރޭޑިއަންޓާއި ސްރީލަންކާގެ ކުރީގެ ގައުމީ ކޯޗު ސާބިއާ ނިކޮލާ ކަވަޒޮވިޗްއެވެ.