ޚަބަރު

އެމްއެންޔޫ އޯޕަންޑޭ މިއަދު


މިދިޔަ އަހަރު އޭލެވެލް ނިންމި ދަރިވަރުންނަށް ޚާއްސަކޮށްގެން ބާއްވާ އޯޕަންޑޭ މިއަދު އޮންނާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން ބުނެފިއެވެ. 

މި އިވެންޓް ކުރިއަށްދާނީ ހަވީރު ހަތަރަކުން ހަޔަކަށް އެމް،އެން.ޔޫގައި. މިއީ މިދޔަ އަހަރު އޭލެވެލް ހެދި ކުދިންނަށް ފުރުސަތުތަކެއް ހުޅުވާލުމުގެ މަޤްސަދުގައި ބާއްވާ އިވެންޓެއްކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ. 

މި އިވެންޓްގައި އެކުދިންގެ އޭލެވެލް ނަތީޖާއާއި އައިޑީކާޑު، ގެންދިއުމުން، ކޯސްތަކަށް ޝަރުތު ފުރިހަމަވާ ދަރިވަރުންނަށް ވަގުތުން ކޯސްތަކަށް ވަނުމުގެ ފުރުސަތުލިބޭނެއެވެ. 

އެ ޔުނިވަރސިޓީންވަނީ އޯލެވެލް ނިންމި ދަރިވަރުންނަށް ޚާއްސަކޮށްގެން މިދިޔަ ހޮނިހިރު ދުވަހުވެސް އޯޕަންޑޭއެއް ބާއްވާފައިެވެ. 

މި އޯޕަންޑޭއަށްވެސް ވަރަށް ރަގަޅު ތަރުހީބެއް ލިބުނުކަމަށް އެ ޔުނިވަރސިޓީން ބުނޭ.އެ ޔުނިވަރސިޓީން މި ޓާރމްގައި، ސަތޭކަ އެގާރަ ކޯހެއް ކުރިއަށްގެންދިޔުމަށްވަނީ ނިންމާފައި. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި އޭ ލެވެލް އިމްތިޙާނުގެ ވަގުތީ ނަތީޖާ ވަނީ ދޫކުރަންފަށާފައެވެ. 

މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ބޭއްވި އޭ ލެވެލް އަދި އެޗް.އެސް.ސީ އިމްތިޙާނުގައި ދެ ހާހަށްވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.