ކުޅިވަރު

މޮރީނިއޯގެ އެއްބަސްވުން މެންޗެސްޓަރ ޔުނައިޓެޑުން އާކޮށްފި


މެންޗެސްޓަރ ޔުނައިޓެޑުން ކޯޗު ހޯސޭ މޮރީނިއޯގެ އެއްބަސްވުން އާކޮށްފިއެވެ. 

އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ ދެވަނާގައި އޮތް ޓީމުން މޮރީނިއޯއަށް ދިން އާއެއްބަސްވުމުގެ ދަށުން 2020 ވަނަ އަހަރުގެ ނިޔަލަށް ކްލަބްގައި ދެމިހުންނާނެއެވެ. 

54 އަހަރުގެ ކޯޗާއެކު މެންޗެސްޓަރ ޔުނައިޓެޑުން ކުރިން ހަދާފައި އޮތް އެއްބަސްވުން ހަމަވާން އޮތީ އަންނަ އަހަރުގެ ނިޔަލަށެވެ. މެންޗެސްޓަރ ޔުނައިޓެޑާ ހަވާލުވެ، މޮރީނިއޯ ވަނީ ފުރަތަމަ ސީޒަންގައި ޔޫރޮޕާ ލީގާއި، އިނގިރެސި ލީގުކަޕް އެޓީމަށް ހޯދައިދީ، ޗެމްޕިއަންސްލީގުން ޖާގަ ކަށަވަރުކޮށްދީފައެވެ. އަދި މިސީޒަންގައިވެސް ކްލަބް އޮތީ ޗެމްޕިއަންސްލީގާއި، އެފްއޭކަޕް ކާމިޔާބުކުރެވޭ ހިސާބުގައެވެ.

 އާއެއްބަސްވުމުގައި ސޮއިކުރުމަށްފަހު މޮރީނިއޯ ބުނީ މެންޗެސްޓަރ ޔުނައިޓެޑުން އޭނާއަށް އޮތް އިތުބާރު ހާމަކޮށް، އޭނާއަކީ ކްލަބަށް އެންމެ ރަނގަޅު ކޯޗުކަމަށް ޤަބޫލުކުރީތީ ފަޚްރުވެރިވާކަމަށެވެ. މެންޗެސްޓަރ ޔުނައިޓެޑްގައި އޮތް ރަނގަޅު ޓީމާއެކު މަސައްކަތްކުރުން މަތީ ދެމިހުރުމަކީ ބޮޑު އުފަލެއްކަމަށް ރެއަލްމެޑްރިޑާއި، ޗެލްސީގެ އިތުރުން ޕޯތޯއަށް ކާމިޔާބު ހޯދައިދިން ކޯޗު ބުންޏެވެ.