ޚަބަރު

ހައިކޯޓާއި ކުރިމިނަލް ކޯޓަށް އައްޔަންކުރި ފަނޑިޔާރުން ހުވާކޮށްފި


ހައިކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރެއްވި ފަނޑިޔާރުން މަޤާމުގެ ހުވާކުރައްވައިފިއެވެ. އަަލަށް އައްޔަންކުރެއްވި ފަނޑިޔާރުން ހުވާކުރައްވާ، އިޤްރާރްގައި ސޮއިކުރެއްވީ މިރޭ ސްޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 

ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ އަލްއުސްތާޛު މުޙައްމަދު ނިޔާޒެވެ. އޭނާ ކުރިން ހުންނެވީ ހދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމުގެ މަޤާމުގައެވެ. ކުރިމިނަލް ކޯޓަށް އައްޔަންކުރެއްވީ އަލްއުސްތާޛު ޙުސައިން ޝަހީދާއި އަލްއުސްތާޛު އަޙްމަދު ހައިލަމެވެ. މީގެ ތެރެއިން ޙުސައިން ޝަހީދު ކުރިން ހުންނެވީ ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމުގެ މަޤާމުގައެވެ.

img:http://s4.psmnews.mv/images/660x400/15169112662503.jpg|ހައި ކޯޓަށާއި ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރުން ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެން ނިއުސް

ޖޭއެސްސީން ވިދާޅުވީ ހައި ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރެއްވީ އެ ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުން ކަމަށެވެ. ކުރިމިނަލް ކޯޓަށް ދެ ފަނޑިޔާރުން މިއަދު އައްޔަންކުރެއްވުމުން އެކޯޓްގައި ތިއްބެވި ފަނޑިޔާރުންގެ އަދަދުވަނީ ހަތަކަށް އަރާފައެވެ. އަދި ހައިކޯޓަށް މިއަދު އައްޔަންކުރެއްވި ފަނޑިޔާރާއި އެކު އެކޯޓްގެ ފަނޑިޔާރުންގެ އަދަދުވެސް ވަނީ ހަތަކަށް އަރާފައެވެ.