ތަޢުލީމު

އަޒުހަރު ޔުނިވަރސިޓީގެ 14 ޓީޗަރަކު ރާއްޖެއަށް


ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފުޅާކުރުމުގައި އެހީތެރިވުމަށް މިސްރުގެ އަލް އަޒްހަރު ޔުނިވަރސީޓީއިން އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގައި މަސައްކަތްކުރުމަށް ފޮނުވި 14 ޓީޗަރުންނާއި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ބައްދަލުކުރައްވައިފިއެވެ.

މި ޓީޗަރުންނާއި ބާއްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިޙާމް ވިދާޅުވީ ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފުޅާކުރުމަށް އަޒްހަރު ޔުނިވަރސީޓީގެ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް ލިބެމުން އަންނަކަމަށެވެ.

ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ތެރެއިން، ރާއްޖޭގެ އުތުރާއި ދެކުނުގައި ޢަރަބި މީޑިއަމްގެ ސްކޫލް ޤާއިމުކޮށް، މިހާރުވެސް ދަނީ ތާޢުލީމު ދެމުން. އެގޮތުން ރާއްޖޭގެ 65 ސްކޫލްގައި މިހާރުވެސް ދިހަ ހާހަށްވުރެ ގިނަ ދަރިވަރުން ޢަރަބި ތަޢުލީމު އުނގެނެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރިޔާސީ ދައުރުގައި، އިސްލާމީ ޤައުމުތަކާއި އޮންނަ ގުޅުން ބަދަހިކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި އަލް އަޒްހަރް ޔުނިވަރސިޓީން ދިވެހިރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފުޅާކުރެއްވުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް މިނިސްޓަރ ވަނީ ޝުކުރުޢަދާކުރައްވާފައެވެ.

އަލް އަޒުހަރު ޔުނިވަރސިޓީގެ ފަރާތުން ރާއްޖެއަށް ޓީޗަރުން ފޮނުވަން ފަށާފައިވަނީ 1983ވަނަ އަހަރުން ފެށިގެންނެވެ.