ޚަބަރު

ފާރިސް މައުމޫން ހައްޔަރުކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ދިއްގަރުދާއިރާގެ މެމްބަރު ފާރިސް މައުމޫން އަނެއްކާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.ކޯޓުއަމުރެއްގެދަށުން ފާރިސް ފުލުހުންގެ ބެލުމުގެދަށަށް ގެންދިއުމުގެކުރިން ވަނީ އޭނާދިރިއުޅުއްވާ މ. ސްނޯ ރޯސް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައެވެ.މި ކޯޓު އަމުރަކީ. މ. ސްނޯ ރޯސް ގައި ފާރިސް މައުމޫނާ ގުޅުންހުރި ތަންތަނާއި ތަކެތި ބަލައި ފާސްކުރުމަށް ނެރެފައިވާ އަމުރެއް. ބަލައި ފާސްކުރުމަށް ކޯޓުން ދީފައިވަނީ 12 ގަޑިއިރުގެ މުހުލަތެކެވެ. އަދި އަމުރުގެ ބާރު ދެމިއޮންނާނީ އަމުރު ނެރޭ ވަގުތުން ފެށިގެން 72 ގަޑިއިރުގެ މުއްދަތަށް ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.ފުލުހުން ހަރަކާތްތެރިވަމުންދަނީ ފާރިސް ދިރިއުޅުއްވާ، މ.ސްނޯ ރޯސް ގެ 6 ވަނަ ފަންގިފިލާގައި. ފާރިސް ވެސް މި ވަގުތު ހުންނެވީ ފުލުހުންނާ އެކު އެގޭގައެވެ.ކޯޓުއަމުރެއްގެދަށުން ފާރިސް ދިރިއުޅުއްވާގެ ފުލުހުން ބަލައި ފާސްކުރަމުންދާއިރު، ފާރިސް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތަށް ފާރިސް ހައްޔަރު ކުރުމަށް ރައީސް ޔާމީން ފުލުހުންނަށް އަންގަވާފައިވާ ކަމަށްވިދާޅުވެ ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް ޢަލީ ވަނީ ޓްވީޓްކުރައްވާފައެވެ.މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގައި، ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފަހު، 6 މަސް ޒފަހުން ކްރިމިނަލްކޯޓުން އޭނާ މިނިވަންކުރީ  މިދިޔަ ބުރާސްފަތި ދުވަހުއެވެ. ކްރިމިނަލް ކޯޓުން ފާރިސް ދޫކޮށްލީ 3 ޝަރުތަކާ އެކުއެވެ. ކްރިމިނަލްކޯޓުން ކޮށްފައިވާ ތިން ޝަރުޠަކީ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރާނެ ފަދަ އަމަލެއް ނުކުރުމާއި މާލެއިން ބޭރަށް ދާ ނަމަ ކޯޓުގެ ހުއްދަ ހޯދުމާއި ކޯޓުން އަންގާ ގަޑިއަށް ކޯޓަށް ހާޒިރުވުމެވެ.



ތަފްސީލް އަންނަނީ ...