ޚަބަރު

ތުލުސްދޫގެ ބިން ހިއްކުން ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފ





 


މާލެ އަތޮޅު ތުލުސްދޫގެ ބިން ހިއްކުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފިއެވެ.


 
ތުލުސްދޫގައި މިއަދުއޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހް ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވަނީ  މިމަޝްރޫޢުގައި އެރަށުގެ ބިން ދެގުނަ ވެގެންދާނެކަން ފާހަގަކުރައްވާ ބިން ހިކިގެންދާއިރު އެރަށަށް ގިނަ ފުރުޞަތުތަކެއް ފަހިވެގެންދާނެކަން ފާހަގަކުރެއްވިއެވެ.


 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ތުލުސްދޫގެ ބަނދަރުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ޓެންޑަރ ކުރެވޭނެކަމަށާ އަދި  ފެނާ ނަރުދަމާގެ މަސައްކަތްވެސް މިއަހަރުތެރޭ ފެށިގެންދާނެކަން ވިދާޅުވިއެވެ.


 
 


މިރަސްމިއްޔާތުގައި ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި މިމަޝްރޫއުގެ ބޭނުން ތުލުސްދޫގެ ރައްޔިތުން ފުރިހަމަ ފުރިހަމައަށް ހިފުމަށް އެދިވަޑައިގެންނެވިއެވެ.