ދުނިޔެ

އިންޑޮނޭޝިއާއަށް އައި ބިންހެލުމުގައި ސުނާމީއެއް އުފެދިފައެއް ނުވޭ


އިންޑޮނީޝިޔާގެ ވެރިރަށް ޖަކާޓާއަށް އައި ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިފައި ނުވާކަމަށް އެ ޤައުމުން ބުނެފިއެވެ.

އިންޑޮނީޝިޔާގެ މޫސުމާ ބެހޭ އޭޖެންސީން ބުނީ އަންގާރަ ދުވަހު ޖަކާޓާއަށް އައިސްފައިވަނީ ރިކްޓަރ މިންގަނޑުން 6.4ގެ ބާރުމިނުގެ ބިންހެލުމެއްކަމަށާއި އެ ބިންހެލުމާ ގުޅިގެން ޖަކާޓާގެ ރައްޔިތުން ގެތަކާއި ޢިމާރާތްތައް ދޫކޮށް މަގުތަކަށް ނުކުތްކަމަށެވެ.

އެހެންނަމަވެސް ބައެއް ޢިމާރާތްތަކުގައި ރެނދުލުންފަދަ ކަންކަން ފިޔަވައި މާބޮޑު ގެއްލުންތަކެއް ލިބުނުކަމުގެ މަޢުލޫމާތު އަދި ލިބިފައިނުވާކަމަށް އެ ޤައުމުގެ ޑިސާސްޓަރ މެނޭޖްމަންޓުން ބުނެއެވެ.

އިންޑޮނީޝިޔާއަކީ ވަރަށް ގިނައިން ބިންހެލުން އަންނަ ޤައުމެކެވެ.

އެންމެ ގިނައިން ބިންހެލުން އަންނަނީ އެ ޤައުމުގެ ހުޅަނގުގެ، އަސޭ ސަރަޙައްދަށެވެ.