ޚަބަރު

ރަށްރަށުގެ ކަރަންޓާއި ފެން މާލެއާ އެއް އަގަކަށް


ރާއްޖޭގެ ރަށްތަކަށް ފޯރުކޮށްދެމުންދާ ކަރަންޓާއި ފެނުގެ އަގު އެއް ހަމައަކަށް ބަދަލުކޮށް، ކަރަންޓާއި ފެނުގެ އަގު ކުޑަކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. 

މިއީ ރާއްޖޭގެ ތާރީޚުގައިވެސް ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާއި ކަރަންޓުގެ އަގު އެއް ހަމައަކުން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމި ފުރަތަމަ ފަހަރެވެ. ކަރަންޓާއި ފެނުގެ އަގު ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވަނީ، ރައްޔިތުންނަށް ލުއި ފަސޭހަގޮތްތަކެއް ހަމަޖައްސައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރައްވާ މަސައްކަތްޕުޅުގެ ދަށުންނެވެ. 

ޕީއެސްއެމްގެ ޓީވީއެމް ސްޓޫޑިއޯ އެކެއްގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވީ ޑޮމެސްޓިކް ކެޓަގަރީގެ ސުން ޔުނިޓުން ފެށިގެން 400 ޔުނިޓުތަކާ ދެމެދުގެ ބޭންޑުތަކުން ރަށްރަށާއި މަލޭގެ ކަރަންޓުގެ އަގު މިހާރުވާނީ އެއްހަމަޔަކަށް ބަދަލުކޮށްފައިކަމަށެވެ.

މިބަދަލަށް އަންނަ މާޗް މަހުންފެށިގެން ޢަމަލުކުރަން ފަށާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތަފްސީލް އަންނަނީ...