ޚަބަރު

މޯލްޑިވްސް ބިލްޑިންގ އެންޑް ކޮންސްޓްރަކްޝަން ބޯޑު އެކުލަވާލައިފި.


ދިވެހިރާއްޖޭގެ އިމާރާތްކުރުމާއި ބެހޭ ޤާނޫނުގެ ދަށުން އުފައްދަންޖެހޭ މޯލްޑިވްސް ބިލްޑިންގ އެންޑް ކޮންސްޓްރަކްޝަން ބޯޑު އެކުލަވާލައިފިއެވެ.

މި ބޯޑް އެކުލަވާލާފައިވަނީ މިމަހުގެ ހަތްވަނަދުވަހުއެވެ. 

މި ބޯޑުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއަރުވާ ހަރުދަނާކުރުމެވެ. 

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑްގައި ހިމެނެނީ އިމާރާތްކުރުމާ ގުޅޭ ދާއިރާއިން ފަންނީ ތައުލީމު އަދި ތަޖުރިބާ ލިބިފައިވާ ބޭފުޅުންނެވެ. 

މި ބޯޑް އެކުލެވިގެންވާނީ ހައުސިން މިނިސްޓަރ ކަނޑައަޅުއްވާ ދެ މެމްބަރަކާއި އިމާރާތްކުރުމާއި ގުޅޭ ފަންނީ ލަފާދޭ ފަރާތްތަކުގެ ތެރެއިން ތަފާތު ދެ ދާއިރާ ތަމްސީލުކުރާ ދެ މެމްބަރުންނާއި އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތައް ތަމުސީލުކުރާ މެމްބަރަކާއި ގާނޫނީ ދައިރާއިން އައްޔަންކުރާ މެމްބަރެއްގެ އިތުރުން ލޯކަލް ގަވަރަމެންޓް އޮތޯރިޓީން އައްޔަންކުރާ މެމްބަރެއްގެ މައްޗަށެވެ. 

މި ބޯޑުގެ ޗެއަރމަންއަކީ ހ. ސީސައިޑް، މުޙައްމަދު އަލީ ޖަނާހްއެވެ.

މި ބޯޑުގައި ދެން ހިމެނޭ މެންބަރުންނަކީ ގ. ހިޔަލަ އަބްދުﷲ ފަޔާޒާއި ދަފްތަރު ނަންބަރު 8087- ފާތުމަތު ޝާހީން އާއި  ގ. ރޯޒަރީވެސްޓް އިސްމާޢިލް އިބްރާހިމާއި ގ. ގަލޮޅުފެހި އަބްދުﷲ މުޙައްމަދާއި މ. ފެންގަސް އަލްއުސްތާޛް އަލީ ޝުހައިލް މުޙައްމަދުގެ އިތުރުން  މ. ޕޮޕީ މުޙައްމަދު ޝަފީޤު މަޙްމޫދުއެވެ.