ދުނިޔެ

މިޞްރުގެ ދުއިސައްތަ މީހެއްގެ މައްސަލަ، ޖިނާޢީ ކޯޓަށް ހުށަހަޅައިފި





 


ގަސްތުގައި މީހުން މެރުމާ، ޢާންމުންގެ މުދަލަށް ގެއްލުން ދިން ކަމުގެ ކުށުގެ ތުހުމަތުގައި، މިޞްރުގެ ސީނާ ޕެނިންސިއުލާގައި ހަރަކާތްތެރިވާ "ޓެރަރިސްޓުންކަމަށް ބެލެވޭ" ދުއިސައްތަ މީހެއްގެ މައްސަލަ، ޖިނާޢީ ކޯޓަށް ހުށަހަޅައިފިއެވެ.


 
އަންސަރު ބައިތު އަލް މަޤްދިސް ޖަމާޢަތަށް ނިސްބަތް މި މީހުންނަކީ، އަލް ޤައިދާގެ އިތުރުން ހަމާސް ޖަމާޢަތަށް އެއްބާރުލުން ދިންކަމަށް ތުހުމަތު ކުރެވޭ މީހުންނެވެ.


 
މިމީހުންނަކީ މިޞްރުގެ ރައީސް – މުޙައްމަދު މުރުސީ މަޤާމުން ދުރުކުރި ފަހުން މިޞްރުގެ އެކި ހިސާބުގައި ސާޅީހަށްވުރެ ގިނަ ޙަމަލާ ދިނުމާއި، އެ ޙަމަލާތައް ރޭވި މީހުންކަމަށްވެސް ތުހުމަތުކުރެވޭ މީހުންނެވެ.


 
މި ދުއިސައްތަ މީހުންގެ ތެރެއިން ސަތޭކަ ދެ މީހަކު މިހާރުވެސް ތިބީ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ކަމަށްވާއިރު، ފިލައިގެން އުޅޭ އަނެއް ނުވަދިހަ އަށް މީހުންގެ މައްޗަށް ސަރިޔަތް ހިންގާނީ ޣައިރު ޚާޒިރުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.