ޚަބަރު

"ކުޅުދުއްފުުށީގައި ހައުސިންގ މަޝްރޫޢުތައް އަލުން ފަށާނަން"


ހދ. ކުޅުދުއްފުށީގައި މިހާރު ހުއްޓިފައި ހުރި ހައުސިންގ މަޝްރޫޢުތައް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަންބިކަނބަލުން ފާތިމަތު އިބްރާހިމް މިހާރު ކުޅުދުއްފުއްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށުގައި މިރޭ ބޭއްވި ޚަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ކުޅުއްދުއްފުށީގައި ކުރިއަށް ނުގޮސް ހުއްޓިފައިހުރި ހައުސިންގެ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމާނާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ނިންމުމަށް ބަޔަކާއި ހަވާލުކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އޭގެ އިތުރަށްވެސް ހައުސިންގެ އިތުރު މަޝްރޫއުތައް ފަށާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ މުއިއްޒު ވަނީ ސަރުކާރުން ކުޅުދުއްފުށީގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވާލާފައެވެ. އެގޮތުން ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢު ކައިރި މުސްތަޤްބަލެއްގައި ނިމި ކުޅުދުއްފުށީ ރައްޔިތުންނަށް ފެންވަރު ރަގަޅު މަގުތަކެއް ފެނިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.