ތަޢުލީމު

އޯލެވެލް އިމްތިޙާނުގެ ވަގުތީ ނަތިޖާ ދޫކުރަން ފަށައިފި


މިދިޔަ އަހަރުގެ އޯލެވެލް އިމްތިޙާނު އަދި އެސް.އެސް.ސީ އިމްތިޙާނުގެ ވަގުތީ ނަތީޖާ ދޫކުރަން ފަށައިފިއެވެ. 

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަކީބް ވިދާޅުވީ، އޯލެވެލް އިމްތިޙާނުގެ ވަގުތީ ނަތީޖާތައް މިއަދުން ފެށިގެން އެ ދަރިވަރަކު އިމްތިޙާނުގައި ބައިވެރިވި ސްކޫލެއް ނުވަތަ ސެންޓަރަކުން ލިބެން ހުންނާނެކަމަށެވެ. އަދި ނަތީޖާއާމެދު އެއްވެސް ކަންބޮޑުވުމެއް ނުވަތަ އިތުރަށް ސާފުކުރަން ބޭނުންވާ މަޢުލޫމާތެއް އޮތްނަމަ، އެ ދަރިވަރަކު އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކަށް އެކަމެއް ހުށައެޅުމުގެ ފުރުޞަތު އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. އެއަށްފަހު ދަރިވަރުންނަށް ދާއިމީ ނަތީޖާ ދޫކުރަން ފަށާނީ އަންނަ މާރޗްމަހުގެ 29 ވަނަ ދުވަހުން ފެށިގެންކަމަށް ޝަކީބް ވިދާޅުވިއެވެ. 

މިދިޔަ އަހަރު ޖުމްލަ 7125 ދަރިވަރުން ޖީ.ސީ.އީ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުގައި ބައިވެރިވެފައިވެއެވެ. މީގެތެރޭގައި 197 ސުކޫލަކުން ބައިވެރިވި 5587 ދަރިވަރުން ހިމެނެއެވެ. އަދި އަމިއްލަ ގޮތުން 52 ސެންޓަރަކުން 1538 ދަރިވަރަކު މިދިޔަ އަހަރުގެ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުގައި ބައިވެރިވެފައިވެއެވެ.