ޚަބަރު

ރައީސްގެ އަނބިކަނބަލުން ކުޅުދުއްފުއްޓަށް ކުރައްވާ ދަތުރުފުޅު


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ފައްޓަވާ ފައިވާ 'އެންމެ ގާތުން' ކެމްޕެއިންގެ ދަށުން މިހާރު އެކަމަނާ ހދ. ކުޅުދުފުއްޓަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެރަށު ގިނަ އަދަދެއްގެ ބަޔަކާއި ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ހދ އަތޮޅުގެ ބައެއް ރަށްރަށް ކުރައްވާ ދަތުރުފުޅުގައި ކުޅުދުއްފުށީގައި ހުރި ސްކޫލްތަކާއި ހޮސްޕިޓަލަށް ވަޑައިގެން މިތަންތަނުގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން އެކަމަނާ ވަނީ ކުޅުދުއްފުށީގެ މުއައްސަސާތަކުގެ ބޭފުޅުންނާއި ކައުންސިލްގެ ބޭފުޅުންނާއި އިސްރަށްވެހިންނާއި އެރަށުގެ އަންހެން ބޭފުޅުންނާއި އަދި ޒުވާނުންނާވެސް ބައްދަލުކުރައްވާފައެވެ. މި ހުރިހާ ބައްދަލުވުންތަކެއްގައިވެސް އެކަމަނާވަނީ އެ މުވައްސަސާތަކަށާއި، އަދި ވަކިވަކި ފަރުދުންނަށްވެސް ދިމާވާ ދަތިތަކާއި ސަރުކާރުން އެފަރާތްތަކަށް ކޮށްދެވޭނެ ކަންތައްތައް އޮޅުންފުލުއްވާފައެވެ.

ރައީސްގެ އަނބިކަބަނލުން ޒިޔާރަތް ކުރެއްވި ސްކޫލްތަކުގެ ތެރޭގައި ޖަލާލުއްދީން ސްކޫލާއި ހދ. އަތޮޅު ތައުލީމީ މަރުކަޒާއި އަފީފުއްދީން ސްކޫލް ހިމެނެއެވެ. އަދި އެކަމަނާ ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބި ބަލި މީހުންނާއި ބައްދަލުކުރައްވާ އެމީހުންގެ ހާލު ބައްލަވާލައްވާފައެވެ. އަދި ހޮސްޕިޓަލްގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ ހޮސްޕިޓަލަށް ދިމާވާ ދަތިތައް އޮޅުންފިލުއްވިއެވެ.

img:http://s1.psmnews.mv/images/660x400/15162838836657.jpg|ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުޅުދުއްފުށީގެ މުއައްސަސާތަކުގެ ބޭފުޅުންނާއި ބައްދަލުކުރައްވަނީ - ފޮޓޯ: ޕީއެސްއެމް ނިއުސް

ރައީސްގެ އަނބިކަނބަލުން ހދ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ކުޅުދުފުށިގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާވެސް ބައްދަލުކުރެއްވިއެވެ. 

ރައީސްގެ އަނބިކަބަލުން ފާތުމަތު އިބްރާހީމްގެ މި ދަތުރުފުޅަކީ އެކަމަނާ ފައްޓަވާފައިވާ 'އެންމެ ގާތުން' ކެމްޕެއިންގެ ދަށުން އަތޮޅުތަކުގެ ރައްޔިތުންގެ ހާލު ބައްލަވާ އެބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. 'އެންމެ ގާތުން' ކެމްޕެއިންގެ ދަށުން ރައީސުލްޖުމްހުރިއްޔާގެ އަނބިކަބަނލުން ހދ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅުގައި ހދ. ކުޅުދުއްފުށީގެ އިތުރުން އެ އަތޮޅު ނޮޅިވަރަންފަރު އަދި ނޮޅިވަރަމަށްވެސް ވަޑައިގަންނަވާނެއެވެ.