ކުޅިވަރު

މެސީއާއި ރޮނަލްޑޯ ކުޅޭ ލީގަށްވުރެ ޗެމްޕިއަންޝިޕްގެ ޑިމާންޑް ބޮޑު


މެސީއާއި ރޮނަލްޑޯ ކުޅެމުން އަންނަ ލީގުގެ މެޗުތަކަށްވުރެ، އިނގިރޭސި ދެވަނަ ޑިވިޝަންގެ މެޗުތައް ބަލަން ވަންނަ މީހުންގެ އަދަދު ގިނަކަން ހިސާބުތަކުން ދައްކައިފިއެވެ.

 ޔޫރަޕްގެ ފުޓްބޯޅައަށް ބަލާއިރު އެންމެ ގިނަ މީހުން ބަލާ ލީގަކީ އިނގިރޭސި ޕްރިމިއަރ ލީގެވެ. ނިމިގެން ދިޔަ ސީޒަންގައި އެލީގުގެ މެޗުތައް ތޭރަ މިލިއަނަށްވުރެ ގިނަ މީހުން ބެލިކަމަށް ބީބީސީގައި ފާހަގަކޮށްފައިވެއެވެ. ނިމިގެން ދިޔަ ސީޒަންގައި ދެވަނައަށް އެންމެ ގިނަ މީހުން ބެލި ލީގަކީ ޖަރމަން ބުންޑަސްލީގެވެ. ތިންވަނަ ލިބެނީ އިނގިރޭސި ދެވަނަ ޑިވިޝަންކަމަށްވާ ޗެމްޕިއަންޝިޕަށެވެ. ނިމިގެންދިޔަ ސީޒަންގައި ޗެމްޕިއަންޝިޕް ބެލި މީހުންގެ އަދަދުވެސް އުޅެނީ އެގާރަ މިލިއަނަށްވުރެ މަތީގައެވެ. މިއީ ސްޕެނިޝް ލަލީގާއާއި، އިޓާލިއަން ސެރީއޭއާއި، ފްރާންސް ލީގު ވަންއަށްވުރެ އިތުރު އަދަދެކެވެ. ޗެމްޕިއަންޝިޕްގެ ފަހަތުން ހަތަރުވަނަ ލިބެނީ ލަލީގާއަށެވެ. ފަސްވަނާގައި އޮތީ އިޓާލިއަން ސެރީއޭއެވެ. 

ޔުއެފާގެ ރިޕޯރޓްގައިވާގޮތުން ޤައުމުން ބޭރުގެ އޯނަރުން އެންމެ ގިނަ ކްލަބް ކޮންޓްރޯލް ކުރަނީވެސް ޕްރިމިއަރ ލީގާއި، ޗެމްޕިއަންޝިޕްގައެވެ.