ޚަބަރު

މިނިސްޓަރު ޢަރަބިއްޔާއާއި އިސްކަންދަރަށް ޒިޔާރަތްކުރައްވައިފި


ސްކޫލްތަކުގެ ޙާލަތު ބައްލަވާލެއްްވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޝިހާމް ސްކޫލްތަކަށް ކުރައްވަމުންގެންދަވާ ޒިޔާރަތުގެތެރެއިން އަލްމަދަރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާއާއި އިސްކަންދަރު ސްކޫލަށް ޒިޔާރަތްކުރައްވައިފިއެވެ. މިޒިޔާރަތުގައި އެކަމަނާ ވަނީ މި ދެސްކޫލުގެ ދަރިވަރުންނާއި، މުދައްރިސުންނާއި، ސްކޫލްގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ސްކޫލްތަކަށް ކުރައްވަމުންގެންދަވާ ޒިޔާރަތަކީ ސްކޫލްތަކުގެ ޙާލަތު ގާތުން ބައްލަވައި، ސްކޫލްތަކަށް ދިމާވާ މައްސަލަތަކާއި، ސްކޫލްތައް އިތުރަށް ތަރައްޤީކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރައްވަމުން ގެންދަވާ ޒިޔާރަތެކެވެ. މި ޒިޔާރަތުގައި މިނިސްޓަރވަނީި އަލްމަދަރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާއާއި އިސްކަންދަރު ސްކޫލަށް ޒިޔާރަތްކުރައްވާފައެވެ. 

މިނިސްޓަރުގެ މި ޒިޔާރަތުގައި ސްކޫލްގެ އިސްވެރިންނާ ބައްދަލުކުރައްވައި ވަނީ ދިރާސީ އާ އަހަރަހަށް ސްކޫލްތަަކުންވެފައިވާ ތައްޔާރީތަކާއި ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. ޢަރަބިއްޔާ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި އެސްކޫލްގެ އިސްވެރިންވަނީ އެ ސްކުލުން މިއަހަރަށް ތައްޔާރުވުމަށް ކިޔެވުމުގެ ކަންކަން ރާވާފައިވާ ގޮތްތަކާއި، ކުދިންގެ ޢަމަލީ ހަރަކާތްތައް އިތުރުކުރުމަށް ރާވާފައިވާ އެކިއެކި ކުޅިވަރުތަކާއި އިތުރު ހަރކާތްތަކާ ގުޅޭމަޢުލޫމާތުވަނީ ހާމަކޮށްފައެވެ. 

img:http://s2.psmnews.mv/images/660x400/15161122152961.jpg|އެޑިއުކޭޝަން މިނިސްޓަރ ޢަރަބިއްޔާ ސްކޫލަށް ކުރެއްވި ޒިޔާރަތުގެތެރެއިން -

ޢަރަބިއްޔާ ސްކޫލްގައި ގްރޭޑް އެކަަކުން ފެށިގެން ގްރޭޑް ބާރައާއި ހަމައަށް ކިޔަވައިދެމުންދެއެވެ. އެ ސްކޫލްގައި މިހާރުވެސް ނުވަސަތޭކައަށްވުރެ ގިނަ ދަރިވަރުން ދަނީ ތަޢުލީމް ޙާސިލްކުރަމުންނެވެ. 

މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމްވަނީ އިސްކަންދަރު ސްކޫލަށްވެސް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އިސްކަންދަރު ސްކޫލުން މި އަހަރަށް ކުރަން ނިންމާފައިވާ ކަންކަމާއި، ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް ރާވާފައިވާ ކަންކަމާއި ގުޅޭގޮތުންވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. 

އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސަޢީދް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، ދަރިވަރުންނަކީ ވީހާވެސް ޅަޢުމުރުފުރާގައި ލިޔަންކިޔަން ދަންނަކުދިންނަށް ހެދުމާއި، ހިސާބު މާއްދާއާއި ބެހޭގޮތުން އެކުލަވާލާފައިވާ އާ ސިޔާސަތުތައް ސަކޫލްގައި ތަންފީޒުކުރުމަށް ވަރަށް ބޮޑު އިސްކަމެއްދޭނެކަމަށެވެ. 

img:http://s2.psmnews.mv/images/660x400/15161107070722.jpg|

ގްރޭޑް އެކަކުން ދިހައަކަށް ކިޔަވައިދެމުންދާ އިސްކަންދަރު ސްކޫލްގައި ދެހާސް ދުއިސައްތައަށްވުރެ ގިނަ ތާއުލީމު ހާސިލްކުރަމުންދެއެވެ.