ޚަބަރު

ތާޖުއްދީން ސްކޫލަށް ބަޔަކު ވަދެ ދަރިވަރަކަށް ހަމަލާދީފި


ތާޖުއްދީން ސްކޫލަށް ބަޔަކު ވަދެ މާރާމާރީ ހިންގާ އެ ސްކޫލްގެ ދަރިވަރަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ ޒަހްމަވި ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަކަމަށެވެ.

ހެދުނުގެ ދަންފަޅީގެ ކިޔެވުން ނިމުނު ވަގުތާއި ދިމާކޮށް ތާޖުއްދީން ސްކޫލަށް ވަދެ މާރާމާރީ ހިންގި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އެއީ ކޮން ބައެއްކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. މިމައްސަލައާ ގުޅެ އިތުރު މަޢުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ.